ޑިމޮކްރެޓްސްގެ ޖަލްސާ ކުރިއަށް ދަނިކޮށް ކަރަންޓު ކެނޑިއްޖެ

ޑިމޮކްރެޓްސްގެ ޖަލްސާ ކުރިއަށް ދަނިކޮށް ކަރަންޓު ކެނޑިއްޖެ

ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް އަޑު އުފުލުމަށް "ގާނޫނުއަސާސީގެ ދިފާއުގައި" ނަމުގައި އިދިކޮޅު ދަ ޑިމޮކްރެޓްސްއިން މިރޭ ޖަލްސާއެއް ކުރިއަށް ގެންދަނިކޮށް ކަރަންޓު ކެނޑިއްޖެ އެވެ.

ޑިމޮކްރެޓްސްއިން ޖަލްސާ ބާއްވައިފައިވަނީ ބނޮޑިބަތް ޕާކުގަ އެވެ. ޖަލްސާގައި މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވާހަކަދައްކަން ހުއްޓައި އެ ޕާކުން ވަނީ ކަރަންޓު ކެނޑިފަ އެވެ.

އުނގޫފާރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު، މުހައްމަދު ވަހީދު (ވައްޑެ)  އެކަމާ ގުޅިގެން  އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ ކަރަންޓު ކެނޑުނީ ހަމައެކަނި ބޮނޑިބަތް ޕާކުން އެކަނި ކަމަށާއި ވަށައިގެންވާ މަގުގައި ހުރި ބައްތިތަކުން ކަރަންޓު ނުކެނޑޭ ކަމަށެވެ.

"ވަށައިގެން ހުރި މަގުބައްތިތަކުގައި ކަރަންޓު އެބަހުރި، ހަމައެކަނި މިތަނުން ކަރަންޓު މިދިޔައީ، މިއީ ކަރަންޓު ދިޔައީއެއް ނޫން، ކަރަންޓު ދުއްވައިލީ،" ވައްޑެ ވިދާޅުވި އެވެ.

"ސްޓެލްކޯއަށް ގުޅީމާ ބުނީ ޓެކްނީޝަނެއް އެބަ ފޮނުވަމޭ، އަދި މީހަކު ނާދޭ."

ޖަލްސާ ކުރިއަށް ދަނިކޮށް ބޮނޑިބަތް ޕާކުން ކަރަންޓު ކެނޑުނުއިރު، ޕޯޑިއަމުގައި ވާހަކަ ދައްކަވަން ހުންނެވި ބޮންޑޭ ވިދާޅުވީ ޖަލްސާ ބާއްވަން ކަރަންޓު ނަގާފައި ހުރީ ބޮނޑިބަތް ޕާކުގައި ހުރި ކަރަންޓު ފޮށިން ކަމަށެވެ.

"މިތަނުގައި ހުރި ކަރަންޓު ފޮށިން ކަރަންޓު ނަގައިގެން މި ގެންދިޔައީ ޖަލްސާ، އެބަ ފޮނުވަމޭ ބުނީ ޓެކްނީޝަނެއް، އަދި ކުރިއަށް ގެންދާނަން،" ބޮންޑޭ ވިދާޅުވި އެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *