ރައްޔިތުންގެ ގެތަކުގައި ވޯޓު ހޯދަން ޓަކި ޖެހި "މުއިއްޒު" ހޯދަން ޖެހިއްޖެ: ޔާމީން

ރައްޔިތުންގެ ގެތަކުގައި ވޯޓު ހޯދަން ޓަކި ޖެހި "މުއިއްޒު" ހޯދަން ޖެހިއްޖެ: ޔާމީން

ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ ގޭގޭގައި ޓަކި ޖެހި "މުއިއްޒު" ހޯދަން ޖެހިފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)އިން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ރައްޔިތުންނަށް ނުހަނު ގިނަ ވައުދުވެ ރައްޔިތުންނަށް ގިނަ ކަންކަން ހައްލުކޮށްދެއްވާނެ ކަމަށް ވައުދުވެ ވެރިކަމަށް ވަޑައިގެންނެވި، މ. ދިމްޔާތު ޑރ މުހައްމަދު މުއިއްޒު ގެއްލި މިއަދު ވެރިކަމުގައި ހުރީ އެހެން މުއިއްޒެއްކަމަށް ފެންނަ މަންޒަރުތަކުން ހާމަވާތީ ރައްޔިތުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުން ކަމަށާ އެމަނިކުފާނަށް ވެސް އެހެން އެކަން އޮތް ކަން ފާހަގަކުރެއްވޭ ކަމަށެވެ.

"މިހާރު އުފެދޭ ސުވާލަކީ ދިވެހި ރައްޔިތުންގެ ވޯޓު ހޯދަން އިންތިހާބު ތެރޭގައި އެކި އެކި ކަންތައްތައް ކޮށްދޭނަމޭ ވިދާޅުވަމުން ގެންދެވި ރިޔާސީ ކެންޑިޑޭޓު މުއިއްޒު، މާފަންނު ދިމްޔާތު މުއިއްޒު ހޯދަން މިހާރު ދިވެހި ރައްޔިތުން އެބަ ބޭނުންވެޔޭ. އެ މުއިއްޒު ނުފެނިގެން ދިވެހި ރައްޔިތުން އުޅޭ ކަމަށް ގަބޫލުކުރެވެނީ އިނގޭތޯ. އިންތިހާބުގެ ތެރޭގައި ވާހަކަ ދައްކަމުން ދިޔަ މުއިއްޒު ހެއްޔޭ މިހާރު ވެރިކަމުގައި މިހުރީ އެއީ އެއްނުންތޯ މި ދައްކާ ވާހަކައަކީ. ނޫނިއްޔާ އެބޭފުޅާ ދެއްކެވި ވާހަކަ ހަނދާން ނެތުނިއްޔޭ. އެހެން ނަމަވެސް ދިވެހި ރައްޔިތުންގެ ޕޮއިންޓް އޮފް ވިއުއިން އެމީހުން ބޭނުންވަނީ އިންތިހާބަށް ދިވެހި ރައްޔިތުންގެ ގޭގޭގައި ދޮރުގައި ޓަކި ޖެހި މުއިއްޒު ހޯދަން ބޭނުވަނީ. އެ ނުފެނިގެން މިއުޅެނީ. އެ މުއިއްޒޭ ޖަވާބުދާރީކުރުވަން ބޭނުންވަނީ. އެ މުއިއްޒު ހޯދަން މިއަދު ދިވެހި ރައްޔިތުން ނުކުންނަން އެބަޖެހޭ" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނަށް އެފަދަ ގޮތަށް ވިސްނިވަޑައިގެންނެވެނީ މިއަދު ވެރިކަމުގެ ހުންނެވި ބޭފުޅާގެ ކިބައިން ކުރިން ވިދާޅުވި ހުރިހާ ކަމެއް ބަދަލުވެ ވައުދުތައް އޮޔާދާ މަންޒަރު ފެނިވަޑައިގަންނަވާތީ ކަމަށެވެ.

ޔާމީން އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރަށް ޖަވާބުދާރީ ނުވެވޭ ކިތަންމެ ކަމެއް ހުރި އިރު އެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ކޮރަޕްޝަން ކަމަށާ ނަމަވެސް އެކަމާ ގުޅިގެން ވަޒީރު އަލީ އިހުސާން ދައްކަވާ ވާހަކަ ވެސް ދެކޮޅު ނުޖެހޭ ކަމަށެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *