- މިހާރު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މުއްދަތު އަންނަ މަހުގެ 15 އާއި ހަމައަށް އިތުރުކުރައްވާން ވިސްނަވާ ކަމަށް މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މަޖިލިސް ރައީސް ވިދާޅުވީ މިއަދުގެ ވޯޓުގެ ވަގުތުގައި އެ ކަމަށް ވޯޓަށް އައްސަވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ، މަޖިލިސް ގަވާއިދު ބުނާގޮތުން މަޖިލީހުގެ އެންމެ ފަހު ދައުރު ކަމަށްވާ، މި ހިނގާ ތިންވަނަ ދައުރު ހިނގާނީ މިމަހުގެ 30 ގެ ނިޔަލަށް ކަމަށް މަޖިލިސް މެންބަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
ނަމަވެސް މަޖިލީހުގައި ނިންމަންޖެހޭ މުހިއްމު މަސައްކަތްތަކެއް ހުރުމުން މި ހިނގާ ދައުރު އަންނަ ޑިސެމްބަރުގެ 15 އާ ހަމައަށް އިތުރު ކުރަން ނިންމެވީ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އެ ގޮތަށް ދައުރު ނިންމުމާ މެދު މިއަދުގެ ވޯޓު ގަޑީގައި ވޯޓަށް އައްސަވާނެ ކަމަަށް ވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލީހުގެ މި ދައުރުގައި ވެސް މަޖިލީހަށް މުހިއްމު ބިލްތަކެއް ހުށަހަޅާފައިވާ އިރު، ކުރިއަަށް މިއޮތް ދެ ހަފުތާގެ ތެރޭގައި ވެސް މަޖިލީހަށް މުހިއްމު ބިލްތަކެއް ފޮނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.