ރައްޔިތުން ބޭނުންވި ގޮތަށް ރައީސް މުއިއްޒުގެ ސިޔާސަތު ތަންފީޒު ކުރެވޭނެ ބާރު މަޖިލީހުން އެއޮތީ ދީފަ: އަބްދުއްރަޙީމް

ރައްޔިތުން ބޭނުންވި ގޮތަށް ރައީސް މުއިއްޒުގެ ސިޔާސަތު ތަންފީޒު ކުރެވޭނެ ބާރު މަޖިލީހުން އެއޮތީ ދީފަ: އަބްދުއްރަޙީމް

ރައްޔިތުން ބޭނުންވީ ރައީސް ޑރ. މުއިއްޒުގެ ސިޔާސަތުތައް ތަންފީޒު ކުރެވޭނެ މަގެއް ހޯދަން ކަމަށާއި، މަޖިލީހުގެ ސުޕަރ މެޖޯރިޓީ ޕީއެންސީއަށް ރައްޔިތުން ދިނީވެސް އެހެންވެ ކަމަށާއި، މަޖިލީހުން އިއްޔެ ރައީސަށް ދިނީ އެބާރު ކަމުގައި މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން އަބްދުއްރަޙީމް ވިދާޅުވީ، އެންޓި ޑިފެކްޝަން ޤާނޫނަށް، ގާނޫނުއަސާސީން  އިއްްޔެ ދިން ބާރާއެކު، ރައްޔިތުންގެ މަޖިލިސް ބައިބައިކޮށްލުމުގެ ފުރުސަތު ބަންދުވީ ކަމަށެވެ.

"ރައްޔިތުން ބޭނުންވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތު ތަންފީޒު ކުރެވޭނެ މަގެއް ހޯދައިދޭން. ބެލިއިރު، އެ މަގަކީ ޤާނޫނު ހަދާ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ރައީސް މުއިއްޒުގެ ޕާޓީއަށް ދިނުން. އެހެންވީމާ އެގޮތަށް ދިނީމަ، ދެން މި މީހުންނަކަށް (އިދިކޮޅު ޕާޓީތަކަށް) ނެތް ކުރެވޭނެ ކަމެއް. ދެން މި ގާނޫނު އޮއްވައި، އަމުދުން ގާނޫނުއަސާސީން ބާރު ދިނީމަ ދެނެއް ނެތް އެމީހުންނަކަށް ރައްޔިތުންގެ މަޖިލިސް ބައިބައިކޮށްލުމުގެ ފުރުސަތެއް. އެހެންވީމާ އެއީ ދެކޮޅު ހައްދަވާ މައިގަނޑު ސަބަބަކީ، އަބްދުއްރަޙީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޤާނޫނުއަސާސީއަށް އިއްޔެ ގެނައި އިސްލާހަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިއްޒަތާއި ގަދަރު އިތުރަށް އުފުލިގެންދާނެ މަގެއް އެ މެމްބަރުން އަމިއްލައަށް ފަހި ކުރުން ކަމަށެވެ.

"މިއީ އަސްލުގައި ކޮންމެކޮންމެ ބަޔަކު ކުރާ ކަމެއް ނޫން. އެކަމަކު ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ އެމީހުންގެ އަމިއްލަ މަސްލަހަތަށްވުރެ ރައްޔިތުންގެ މަސްލަހަތު ކުރިއަށް ނެރޭ ބައެއްކަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފެނިގެންދިޔައީ،" އަބްދުއްރަޙީމް ވިދާޅުވިއެވެ.

އަބްދުއްރަޙީމް ވިދާޅުވީ، މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ މުޅިން ތަފާތު މަޖިލީހެއް ކަމަށާއި، އިއްޔެ ފެނިގެން އެދިޔައީވެސް އެކަން ކަމަށެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *