ރާއްޖޭގައި، އެހެން ގައުމެއްގެ ސިފައިންނަށް ތިބެވޭނީ ރައްޔިތުންގެ މަޖިލީހުގެ ފާސްކޮށްގެން ކަމަށް ގާނޫނުއަސާސީގައި ހިމެނުމަށް ނިންމައިފި އެވެ.
ވެރިކަަމަށް އައުމުގެ ކުރިން ވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާލާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އޮތީ ވައުދުވަޑައިގެންފަ އެވެ.
އޭގެ ފަހުން ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު ވަނީ އިންޑިއާ ސިފައިންގެ ބަދަލުގައި މަދަނީ މީހުން އެ ބޯޓުތައް ދުއްވަން ގެނެސްފަ އެވެ.
އެ މައްސަލައިގައި ފާޑުކިއުންތައް އަމާޒުވެފައި އޮންނަތާ ދުވަސްތަކެއް ވެފައިވާއިރު ބޭރު ސިފައިން ރާއްޖޭގައި ތިބުމުގެ ކުރިން ރުހުން ހޯދަން ޖެހޭ ގޮތަށް ބިލަށް މަޖިލީހަށް މިހާރު ވަނީ ވައްދައިފަ އެވެ.
ގާާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިއުން މާދަމާގެ މަޖިލީހުގެ ޖަލްސާއަށް މިހާރު ވަނީ ތާވަލުވެސްކޮށްފަަ އެވެ.
އެ ބިލުގައި ބުނެފައިވާ ގޮތުގައި މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްގެން ނޫނީ ރާއްޖޭގެ އެއްވެސް ސަރަހައްދެއް އަސްކަރީ ބޭނުމަށް ބޭރުގެ ސިފައިންނަށްދީ އަދި ބޭރުގެ ސިފައިން ގާއިމުވެ ތިބުމަށް ވެސްދީގެން ނުވާނެ އެވެ.