ޑިޔުޓީ ނުދައްކައި ކޮންމެ ފަތުރުވެރިޔަކަށް 200 ސިނގިރޭޓް ރާއްޖެއަށް އެތެރެކުރެވޭ ގޮތަށް ކަސްޓަމްސްއިން ހަދައިފިއެވެ.
ދުންފަތް އެތެރެކުރުމާ ބެހޭ ގަވާއިދުގެ ދަށުން ޓޫރިސްޓުންނަށް އެތެރެކުރެވޭ ސިނގިރޭޓުގެ މިންވަރަށް ބަދަލު ގެނެސް އާ ގަވާއިދަށް މިހާރު ވަނީ އަމަލު ކުރަން ފަށާފައެވެ. ފަތުރުވެރިންގެ ތެރެއިންވެސް ސިނގިރޭޓު އެތެރެކުރެވޭނީ 18 އަހަރުން މަތީގެ ޓޫރިސްޓުންނަށް އެކަންޏެވެ.
އާ ގަވައިދުގައިވާ ގޮތުން ޑިއުޓީ ނުދައްކައި ރާއްޖެއަށް އެތެރެ ކުރެވޭނީ 200 ސިނގިރޭޓު ނުވަތަ 25 ސުއްޓާ ނުވަތަ 250 ގްރާމް ދުންފަތެވެ. އެއީ 10 ފޮށި ސިނގިރޭޓު ނުވަތަ ސިނގިރޭޓު ކާޓަނެކެވެ. އެއީވެސް އަމިއްލަ ބޭނުމަށް ގެންނަ ތަކެއްޗަށް ވާންޖެހެއެވެ.
ސަރުކާރުން ދާދިފަހުން ވަނީ ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ 3ރ. އިން 8ރ. އަށް މަތިކޮށްފައެވެ.