ޖިހާދުގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

ޖިހާދުގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

ކުރީގެ ނައިބު ރައީސް އަދި އޮފްޝޯ ފައިނޭންސިންގެ ހިދުމަތް ދިނުމަށް މި ސަރުކާރުން އުފައްދައިފައިވާ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ޗެއާޕާސަން އަބްދުﷲ ޖިހާދުގެ މައްސަލަ އަނެއްކާ ވެސް ހައި ކޯޓުން ބޭރުކޮށްލައިފި އެވެ.

ހައި ކޯޓުން އެ މައްސަލަ ބޭރުކޮށްލީ ޖިހާދު އުޅޭ އެޑްރެހެއް ސާފު ކުރުމަށްފަހު އަލުން މައްސަލަ ހުށަހެޅުމަށް ދިން މުއްދަތު ފަހަނައަޅައި ދިޔަފަހުން ޕީޖީން މައްސަލަ ހުށަހަޅައިފައިވާތީ އެވެ.

ދައުލަތުން ޖިހާދުގެ މައްޗަށް ކޮށްފައިވަނީ ޖިހާދު ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު، ފުށިދިއްގަރުފަޅު ސްޕެޝަލް ޓުއަރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސޮއިކުރެއްވި މައްސަލައިގައި "ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ" އެވެ.

އެ ދައުވާ ނުބެލޭނެ ކަމަށް ކުރިމިނަލް ކޯޓުން ވަނީ މީގެ ކުރިން ނިންމައިގައެވެ. ކުރިމިނަލް ކޯޓުން އެގޮތަށް ނިންމީ ދައުވާއެއްގައި ހުންނަން ޖެހޭ އަސާސީ ކަންކަމާއި ތަހުގީގު ފުރިހަމަ ނުވާ ކަމަށް ބުނެ އެވެ.

ކުރިމިނަލް ކޯޓުގެ އެ ނިންމުން ދައުލަތުން އިސްތިއުނާފުކުރި ނަމަވެސް ޖިހާދު ދިރިއުޅޭ ތަނެއް ނޭނގޭތީ އެ މައްސަލަ އޭރު ހައިކޯޓުން ބޭރުކޮށްލީ ޖިހާދު ކޯޓަށް ހާޒިރު ކުރެވޭނެ ގޮތެއް ހަމަޖެއްސުމަށްފަހު ނުވަތަ ޖިހާދު ދިރިއުޅޭ އެޑްރެހެއް ސާފު ކުރުމަށްފަހު އަލުން މައްސަލަ ހުށަހެޅުމަށް ޕީޖީއަށް އަންގައިފަ އެވެ. މައްސަލަ އަލުން ހުށަހަޅަން ޕީޖީއަށް ދިނީ ސެޕްޓެމްބަރު 19 އިން ފެށިގެން 15 ދުވަހެވެ.

ނަމަވެސް ޕީޖީން އެ މައްސަލަ އަލުން ހުށަހަޅައިފައި ވަނީ ހައިކޯޓުން ދިން މުއްދަތު ފަހަނައަޅައި ދިޔަފަހުން މިމަހުގެ 13 ވަނަ ދުވަހު އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *