ގަން ވިޔަފާރި އުސޫލުން ހަވާލު ކުރުން މަޑުޖައްސާލަން ގައްދޫ ކައުންސިލަށް އަންގައިފި

ގަން ވިޔަފާރި އުސޫލުން ހަވާލު ކުރުން މަޑުޖައްސާލަން ގައްދޫ ކައުންސިލަށް އަންގައިފި

ގދ. ގައްދޫ، ގަން ވިޔަފާރީގެ އުސޫލުން ހަވާލުކުރުން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ގައްދޫ ކައުންސިލަށް އަންގައިފި އެވެ.

އޭސީސީން، ގައްދޫ ކައުންސިލަށް ފޮނުވި ސިޓީއެެއްގައި ބުނީ ގަން ވިޔަފާރި އުސޫލުން ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ގައްދޫ ކައުންސިލު  ކުރާ މަސައްކަތާއި ގުޅޭ ގޮތުން އެ ކޮމިޝަނުން މައްސަލައެއް ބަލަމުންދާ ކަމަށެވެ. އޭސީސީން ބުނީ އެ މައްސަލައާ ގުޅިގެން ވަކި ގޮތެއް އަންގަންދެންނ ގަމާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރުމަށް، އަދި އެ ރަށް އެއްވެސް ފަރަތަކާއި ހަވާލު ނުކުރުމަށް، އަންގާ ކަމަށެވެ.

ގަމާއި ގުޅޭގޮތުން އޭސީސީން ބަލަމުން ދަނީ ކޮން ކަހަލަ މައްސަލައެއްކަން ސާފެއް ނޫނެވެ.

ގަން ވިޔަފާރި އުސޫލުން ބެލެހެއްޓުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމަށް ފުރުސަތު އެރަށު ކައުންސިލުން ހުޅުވާލީ ސެޕްޓެމްބަރު އެއް ވަނަ ދުވަހެެވެ.

އަދި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ގައްދޫ ކައުންސިލުން ގަން ވިޔަފާރި އުސޫލުން ބެލެހެއްޓުމަށް ކުރި އިއުލާނުގެ ބިޑް އިވެލުއޭޝަން ކޮމިޓީ، އިވެލުއޭޝަން ކްރައިޓީރިއާ އަދި އިވެލުއޭޝަން ސްކޯ ޝީޓް އާއްމުކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *