ސިޔާސީ މުވައްޒަފުންގެ މުސާރައަށް ހަރަދުވަނީ ބަޖެޓުގެ އެއް ޕަސަންޓު، އެއީ އަހަރަކަށް 120 މިލިއަން ރުފިޔާ: ޒަމީރު

ސިޔާސީ މުވައްޒަފުންގެ މުސާރައަށް ހަރަދުވަނީ ބަޖެޓުގެ އެއް ޕަސަންޓު، އެއީ އަހަރަކަށް 120 މިލިއަން ރުފިޔާ: ޒަމީރު

ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި މީހުންގެ މުސާރައަށް ހަރަދުވަނީ ބަޖެޓުގެ އެންމެ އެއް ޕަސަންޓު ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ސަރުކާރުގެ ފަރާތުން 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅުއްވައި ދެއްވަމުން ޒަމީރު ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ މުސާރައަށް އަހަރަކު ހަރަދުވަނީ 120 މިލިއަން ރުފިޔާ ކަމަށެވެ. އެއީ މަހަކު 10 މިލިއަން ރުފިޔާ ކަމަށް ޒަމީރު ވިދާޅުވި އެވެ.

"ސިޔާސީ ފަރާތްތަކުގެ މުސާރަ އަށް ކުރާ ހޭދައަކީ ސަރުކާރުގެ މުޅި މުސާރަ އާއި އިނާޔަތްތަކަށް ހޭދަކުރާ މިންގަނޑުގެ ހަތަރު ޕަސެންޓަށް ވުރެ ދަށް އަދަދެއް. މުޅި ދައުލަތުގެ ހަރަދުގެ އެއް ޕަސެންޓު. މިބަދަލު ގެންނަނީ ވެސް ފިސްކަލް ދެމެހެއްޓެނިވި ކަންކަން އިޔާދަކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ ކުޑަ ނަމަވެސް ފިޔަވަޅުގައި،" ޒަމީރު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ސިޔާސީ މުވައްޒަފުންނާއި ދައުލަތުގެ އިސްވެރިންނާއި ކުންފުނިތަކުގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ފަނޑިޔާރުން ވެސް ހިމެނޭ ގޮތަށް، މުސާރައިން 10 ޕަސެންޓް، ދެ އަހަރު ދުވަހުގެ މުއްދަތަށް އުނިކުރަން ހުށަހަޅަން ނިންމަވައިފަ އެވެ.

ރައީސް ވަނީ އެ މަނިކުފާނުގެ މުސާރައިގެ 50 ޕަސެންޓު ނުނަގަން ވެސް ނިންމަވައިފަ އެވެ. އޭގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000ރ. ކަމަށް ވެސް ކަނޑައެޅުމަށް އެންގެވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *