އެކި މައްސަލަތަކާ ގުޅިގެން މިއަހަރު ވަނީ 17 ފުލުހަކު ވަޒީފާއިން ވަކިކޮށްފައި: ކޮމިޝަނާ

އެކި މައްސަލަތަކާ ގުޅިގެން މިއަހަރު ވަނީ 17 ފުލުހަކު ވަޒީފާއިން ވަކިކޮށްފައި: ކޮމިޝަނާ

ފުލުހުންނާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތައް ބެލުމަށްފަހު މިއަހަރު އެކަނި ވެސް 17 ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝުޖާއު ވިދާޅުވީ ފުލުހުން ތަހުގީގު ކުރާ އެހެން މައްސަލަތަކެކޭ އެއްގޮތަށް ފުލުހުންނާ ގުޅިގެން ހުށަހަޅާ މައްސަލަތަކުގެ މައުލޫމާތު ވެސް ކުރިއަށް އޮތް ތަނުގައި އާންމު ކުރައްވާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"މިއަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ފުލުހުންގެ އެކިއެކި ކަންތައްތަކުގައި ހުށަހެޅިފައި ހުރި މައްސަލަތަކާ ގުޅިގެން ތަހުގީގު ކުރެވި 48 ފުލުހަކަށް ވަނީ ފިޔަވަޅު އެޅިފައި، މީގެ ތެރެއިން 17 ފުލުހަކު ވަނީ ވަޒީފާއިން ވަކި ކުރެވިފައި. އެހެންވީމާ އަޅުގަނޑުމެންގެ ތެރޭގައި މި ޕްރޮސެސް ވެސް ހަމަ ޕްރޮފެޝަނަލީ ދާ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވާލަން،" ޝުޖާއު ވިދާޅުވި އެވެ.

ފުލުހުންގެ މުއައްސަސާ ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ގިނަ އަދަދެއްގެ ފުލުހުން ތަމްރީނުކޮށް ޕްރޮފެޝަނަލް ފުލުހުން ހިދުމަތަށް ނެރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ

އެގޮތުން އައްޑޫ އާއި ވާނީގައި މިހާރު ވެސް 360 އަށްވުރެ ގިނަ ފުލުހުން ތަމުރީނު ހަދަމުންދާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *