ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ބަޖެޓުގެ ގޮތުގައި އާސަންދައަށް ކަނޑައެޅި އަދަށްވުރެ އިތުރަށް ހަރަދުކޮށްފި އެވެ.
އާސަންދައިގެ ތަފާސްހިސާބުގައިވާ ގޮތުން އެ ކުންފުނިން ވަނީ 565 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފަ އެވެ. މިއަހަރުގެ ބަޖެޓުގައި އާސަންދައަށް ކަނޑައަޅައިފައިވަނީ ދެ ބިލިއަން ރުފިޔާ އެވެ.
ތަފާސްހިސާބުގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ތިން ކުއާޓަރު ނިމުނުއިރު އާސަންދަ ކުންފުނިން 2.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
އާސަންދައިން އެންމެ ފަހުން އާންމުކޮށްފައިވާ މި އަހަރުގެ ތިން ވަނަ ކުއާޓަރު (ޖުލައި-ސެޕްޓެމްބަރު) ގެ ތަފާސްހިސާބުތަކުގައި، އާސަންދަ ސްކީމުގެ ދަށުން 903 މިލިއަން ރުފިޔާ ބްލޮކްކުރެވިފައިވާ ކަމަށް ބަޔާންކޮށްފައިވެ އެވެ. މިއީ ނިމުނު އަހަރުގެ ތިން ވަނަ ކުއާޓަރުގައި ހަރަދުވީ 833 މިލިއަން ރުފިޔާއަށް 8.4 ޕަސެންޓުގެ އިތުރުވުމެކެވެ.
އާސަންދައިގެ މި އަހަރުގެ ތަފާސްހިސާބުތައް
- ފުރަތަމަ ކުއާޓަރު – 838 މިލިއަން ރުފިޔާ
- ދެ ވަނަ ކުއާޓަރު – 823 މިލިއަން ރުފިޔާ
- ތިން ވަނަ ކުއާޓަރު – 903 މިލިއަން ރުފިޔަ