މިދިޔަ އަހަރު 15،000 އަށްވުރެ ގިނަ ސައިކަލް ރާއްޖެއަށް އެތެރެކުރި

މިދިޔަ އަހަރު 15،000 އަށްވުރެ ގިނަ ސައިކަލް ރާއްޖެއަށް އެތެރެކުރި

ދިޔަ އަހަރު ރާއްޖެ އަށް 15،551 ސައިކަލް އެތެރެ ކޮށްފައިވާ މޯލްޑިވްސް ކަސްޓަމަސް ސާވިސަސްއިން ބުނެފި އެވެ.

ކަސްޓަމުން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން  މިދިޔަ އަހަރު 15،551 ސައިކަލް އަދި 1،347 ކާރު ރާއްޖެ އަށް އެތެރެ ކޮށްފައިވެ އެވެ.

ކަސްޓަމުން މީގެކުރިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭގޮތުގައި އަހަރަކު ރާއްޖެއަށް 10،000 އަށްވުރެ ގިނަ އުޅަނދު އެތެރެކުރެ އެވެ.

އެ އުޅަނދުތަކުގެ ތެރެއިން 90 ޕަސެންޓަކީ ސައިކަލެވެ. ރާއްޖެ އެތެރެކުރާ އުޅަނދުތަކުގެ ތެރެއިން ގިނަ އުޅަނުތައް ދުއްވަނީ ވެސް މާލެ ސަރަހައްދުގަ އެވެ.

ވެހިކަލްތަކުން މާލެ ތޮއްޖެހި، އެ މައްސަލަ ހައްލުކުރުމަށް ވެހިކަލް އެތެރެކުރެވޭ އަދަދު ކޮންޓްރޯލް ކުރުމަށް އެކި ފަހަރު މަތިން ކަމާ ގުޅޭ އިދާރާތަކުން އެކި ސަރުކާރުތަކުގައި މަޝްވަރާ ކޮށްފައި ވެ އެވެ. ތޮއްޖެހުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ހައްލުކުރަން އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ހާއްސަ ކޮމިޓީއެއް ވެސް އުފައްދައިފަ އެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *