ހަސީނާ ހައްޔަރު ކުރަން އަމުރު ކޯޓުން ކޮށްފި

ހަސީނާ ހައްޔަރު ކުރަން އަމުރު ކޯޓުން ކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ހައްޔަރު ކުރަން އެ ގައުމުގެ ކޯޓަކުން އަމުރެއް ނެރެފިއެވެ.

މިކަން އިއުލާނު ކުރެއްވީ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް (އައިސީޓީ)ގެ އިސް ފަނޑިިޔާރު މުހައްމަދު ތާޖުލް އިސްލާމް އެވެ.

އައިސީޓީއަކީ ބަންގްލަދޭޝްގެ ދާޚީލީ މައްސަލަތައް، ޚާއްސަކޮށް ބޮޑެތި ކުށްތަކާއި ގުޅިގެން އުފެދިފައި ހުރި މައްސަލަތައް ބަލައި ހޯދައި ކުށްވެރިވާ މީހުންނަށް އަދަބު ކަނޑައެޅުމަށް 2009 ވަނަ އަހަރު އުފެއްދި ޓްރައިބިއުނަލެކެވެ.

ހަސީނާ ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު އިންޑިޔާއަށް ވަޑައިގަތީ އޯގަސްޓް 5 ގައެވެ. އޭނާ އަދިވެސް ހުންނެވީ އިންޑިޔާގައެވެ. ޚަބަރުތައް ބުނާ ގޮތުން އިންޑިޔާގައި ހަސީނާ ހުންނަވަނީ އިންޑިޔާ ސަރުކާރުގެ މަދަދުގައެވެ. ނަމަވެސް އެއީ ރަސްމީކޮށް އިންޑިޔާއިން ޙިމާޔަތްދީގެންކަމެއް ސާފެއްނޫނެވެ.

ހަސީނާއަށް ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވަން މަޖުބޫރުވެވަޑައިގަތީ ބަންގުލަދޭޝްގެ މަދަރުސާ ދަރިވަރުން ކުރި މުޒާހަރާތަކެއްގެ ސަބަބުންނެވެ. ބަންގްލަދޭޝްގައި ޖުލައި ކުރީކޮޅު އެންމެ ފުރަތަމަ ހަމަނުޖެހުން އުފެދުނީ ސިވިލް ސާވިސް ވަޒީފާ ދިނުމުގައި ސަރުކާރުން ވަކި ބަޔަކަށް ބައިއަޅާ ކަމަށް ބުނެ ދަރިވަރުން ފެށި މަދަނީ ބަސްނޭހުމަކުންނެވެ.

މި ހަމަނުޖެހުންތަކުގައި 283 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ.

މަގުތަކުގައި ހަމަނުޖެހުން އުފައްދައި މުޒާހަރަކާ ކުރި މީހުން ގަސްދުގައި މީހުން މެރި މައްސަލަތަކެއްވެސް މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ހަސީނާގެ 15 އަހަރުވީ ވެރިކަމުގައި އިންސާނީ ހައްގުތައް ގެއްލިފައި އެތައް ބަޔަކު ތިބި ކަމަށް އިދިކޮޅުން ބުނެ އެވެ. އަދި މިފަދައިން ހިންގާފައި ހުރި މައްސަލަތަކެއް މިހާރު ވަނީ ބަންގުލަދޭޝްގެ ކޯޓުތަކަށްވެސް ހުށަހަޅާފަ އެވެ.

މި މައްސަލަތައް ތަހުގީގުކޮށް ޝަރީއަތް ކުރުމަށްޓަކައި ޝައިޚް ހަސީނާ ނޮވެމްބަރު 18 ގައި ކޯޓަށް ހާޒުކޮށްދިނުމަށް ތަންފީޒީ ބާރުތަކަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *