ސްޓޭޓް މިނިސްޓަރުގެ މަގާމުން ފައިރޫޝް ވަކިކޮށްފި

ސްޓޭޓް މިނިސްޓަރުގެ މަގާމުން ފައިރޫޝް ވަކިކޮށްފި

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ފައިރޫޝް އެ މަގާމުން ވަކިކުރައްވައިފި އެވެ.

ސިޔާސީ މައިދާނަށް ނުކުންނެވުމުގެ ކުރިން ފައިރޫޝް އަދާކުރެއްވީ ފުލުހެއްގެ ވަޒީފާ އެވެ. އޭނާ ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވީ ޖެނުއަރީ، 2021، ގަ އެވެ. ޝަރަފުވެރިކަމާއެކު އޭނާ ރިޓަޔާކުރެއްވީ ހިދުމަތަށް 20 އަހަރު ފުރުމުން އަމިއްލައަށް އެދިގެންނެވެ.

ފައިރޫޝް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމު އަދާކުރެއްވި ދުވަސްވަރު މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އަދި އެ ވުޒާރާގެ ޓީމުން ދިން އެއްބާރުލުމަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.

ފައިރޫޝް މަގާމުން ވަކިކުރެއްވިއިރު ރާއްޖެއަށް މިހާރު ދިމާވެފައިވާ އިގްތިސޯދީ ދަތިތަކުން އަރައިގަތުމުގެ ބޭނުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ 228 ސިޔާސީ މުވައްޒަފުން މަގާމުން ވަކިކުރަން ނިންމަވައިފަ އެވެ. ރައީސް ވިދާޅުވެފައިވަނީ ހަތް ސްޓޭޓް މިނިސްޓަރަކު، 43 ޑެޕިއުޓީ މިނިސްޓަރުން، 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުން މަގާމުން ވަކިކުރަން ނިންމަވާފައިވާ ކަމަށެވެ.

އެ ހުރިހާ ސިޔާސީ މަގާމުތަކުގައި ތިއްބެވި މީހުން ވަކިކުރެއްވުމުން މަހަކު 5.7 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *