ފުނަދޫ އާއި މާލެ އަދި ހުޅުލެ ގުޅާލުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފި

ފުނަދޫ އާއި މާލެ އަދި ހުޅުލެ ގުޅާލުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފި

މާލެ، ފުނަދޫ އަދި ހުޅުލެ ގުޅާލުމަށް މޮނޮރެއިލް އެޅުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އެވެ.

އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ އިބްރާހީމް ޝަރީފް މުޙައްމަދެވެ. ބީޔޫސީޖީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ލޫ ވެއިއެވެ.

މި މަޝްރޫޢުގެ ފައިސާ ހަމަޖައްސާފައި ވަނީ ޔޫއޭއީގެ އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީ (އިފްޒާ) އިންނެވެ. މި މަޝްރޫޢަކީ ކ. ފުނަދޫގައި ހަދަން ނިންމާފައިވާ ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސް ޒޯނާއި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ (ވީއައިއޭ) ޑޮމެސްޓިކް ޓާމިނަލް ތަރައްޤީކުރުމުގެ ޕްލޭނުގެ ބައެކެވެ.

މި މަޝްރޫޢު އިޢުލާން ކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހުއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި، ފުނަދޫގައި ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސް ޒޯނެއް ތަރައްޤީކުރުމަށްފަހު މާލެއާއި ހުޅުލެ މޮނޮރެއިލްއަކުން ގުޅާލާނެއެވެ.

މި މަޝްރޫޢަކީ ކުރިއަށް އޮތް 20 އަހަރަށް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސިނާޢަތް ތަރައްޤީކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ މާސްޓަރ ޕްލޭނުގެ ބައެކެވެ. ވީއައިއޭގެ ތިންވަނަ ފިޔަވަހީގެ މަޝްރޫޢު ނިމުމުން އަހަރަކު 25 މިލިއަން މީހުންނަށް ޚިދުމަތްދެވޭނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *