Newly re-branded Elf-Bar disposable e-cigarette vape products are shown for sale in a vape store in Oceanside, California, U.S., November 30, 2023. REUTERS/Mike Blake

ޑިސެމްބަރު 15 އިން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރަން ރައީސް ނިންމަވައިފި

ޑިސެމްބަރު 15 އިން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރަން ރައީސް ނިންމަވައިފި

މިއަންނަ މަހުގެ 15 އިން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެ ނުކުރެވޭނެ ކަމަށާއި ޑިސެމްބަރު 15 އިން ފެށިގެން ވޭޕް ބޭނުންކުރުން ރާއްޖޭގައި މަނާވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޭޕްކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުން އަދި އިޝްތިހާރުކުރުމާއި ހިލޭ ބެހުން އަންނަ ޑިސެމްބަރު 15 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.

"ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބާ 2024 އިން ފެށިގެން މަނާ ކުރުމަށާއި، ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބާ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަޅުގަނޑު އަންގައިފިން" ރައީސް ވިދާޅުވި އެވެ.

ދުންފަތުގެ ބާވަތަކާ ދެކޮޅަށް ފަހުގެ ތާރީހެއްގައި ރާއްޖޭގައި މިހާ ހަރުކަށި ފިޔަވަޅެއް މީގެ ކުރިން އަޅާފައެއް ނުވެ އެވެ.

ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކޮށްދިނުމަށް ރައީސް މުއިއްޒުގެ އަރިހުން އެންމެ ފުރަތަމަ އެދުނީ ގައިންގަޔަށް ނާރާ ބަލިތަކާ ދެކޮޅަށް މަސައްކަތްކުރާ އެންސީޑީ އެލަޔަންސުންނެވެ. އެ އެލަޔަންސުން މިދިޔަ މަހުގެ 12 ގައި ފޮނުވި ސިޓީއަށް ފަހު، ޑޮކްޓަރުންނާއި ނަރުހުންގެ ޖަމިއްޔާ އަދި ކުޅިވަރު އެސޯސިއޭޝަންތަކުން ވެސް ވެސް ވަނީ ވޭޕް އެތެރެކުރުން މަނާކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *