ކުކުޅު ތަކަކާއި ފިޔާ ތަކެއްގެ ވެރިފަރާތް ފުލުހުން ހޯދަނީ

ކުކުޅު ތަކަކާއި ފިޔާ ތަކެއްގެ ވެރިފަރާތް ފުލުހުން ހޯދަނީ

ޓެކްސީއެއްގެ ޑިކީ ތެރޭގައި މީހަކަށް ބޭއްވުނު ގަނޑުކުރި ކުކުޅު ތަކަކާއި ޗިކެން ނަގެޓްސް އަދި ފިޔާ ތަކެއްގެ ވެރި ފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ

ފުލުހުން ބުނީ އެތަކެތި ފެނިފައިވަނީ މިއަދުގެ ވަގުތެއްގައި މާލޭން ހުޅުމާލެ ލަކުޑި ޖެޓީއަށް ދަތުރުކުރި ޓެކްސީއެއްގެ ޑިކީ ތެރެއިން ކަމަށެވެ.

އެ ތަކެތީގެ ވެރިފަރާތުން ހުޅުމާލޭ ފޭސް އެކެއްގެ ފުލުސް ސްޓޭޝަނަށް ދިޔުމުން ތަކެތި ހަވާލު ކުރާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުންގެ ނަންބަރު 9980062 ފޯނަށް ގުޅުމުން ކަމާ ބެހޭ މައުލޫމާތު ސާފުކޮށްދޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެ ކުރިން އޯގަސްޓު، 2019، ގައި އެއް ލައްކަ ރުފިޔާ އަޅާފައި ހުރި ދަބަހެއް ޓެކްސީ ބަހައްޓައިފައި ދިޔަ މީހަކު ހޯދަން ފުލުހުން އިއުލާންކުރި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *