ޑިވެލޮޕްމެންޓް ބޭންކު ހުޅުވުމަށް ލައިސަންސް ދީފި، އަހަރެއްގެތެރޭ ޚިދުމަތް ފަށަން ޖެހޭނެ

ޑިވެލޮޕްމެންޓް ބޭންކު ހުޅުވުމަށް ލައިސަންސް ދީފި، އަހަރެއްގެތެރޭ ޚިދުމަތް ފަށަން ޖެހޭނެ

މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކު ހުޅުވަން ބޭނުންވާ ލައިސަންސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ދޫކޮށްފިއެވެ.

އެމްއެމްއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޑިވެލޮޕްމެންޓް ބޭންކު ހުޅުވުމަށް ބޭނުންވާ ލައިސަންސް އެ ބޭންކަށް ދިނީ މިއަދު ކަމަށެވެ.

"މި ބޭންކްގެ ހިދުމަތް ފެށުމުން، އިގުތިސޯދީ އަދި މާލީ ކުރިއެރުމަށް ބޭނުންވާ ދިގު މުއްދަތުގެ ފައިނޭންސިންގެ ހިދުމަތް ދިވެހިރާއްޖޭގައި ތައާރަފު ވެގެންދާނެ ކަމަށް މި އޮތޯރިޓީން ދެކެން،"  އެމްއެމްއޭއިން ބުންޏެވެ.

ޑިވެލޮޕްމެންޓް ބޭންކަށް ދޫކުރި ހުއްދައިގެ ދަށުން އެއް އަހަރުގެ ތެރޭގައި މިއަންނަ އަހަރުގެ އޮކްޓޫބަރު 12 ގެ ކުރިން އެ ބޭންކުގެ ހިދުމަތް ފަށަން ޖެހޭނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *