އެމްއެންޑީއެފް ޕައިލެޓުންގެ އަތަށް ޑޯނިއާ ދުއްވަން ނުދޭ ސަބަބުން ސިއްރު ކުރަން ޑިފެންސުން ހައި ކޯޓަށް!

އެމްއެންޑީއެފް ޕައިލެޓުންގެ އަތަށް ޑޯނިއާ ދުއްވަން ނުދޭ ސަބަބުން ސިއްރު ކުރަން ޑިފެންސުން ހައި ކޯޓަށް!

ދިވެހި ސިފައިންގެ އަތަށް އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ޑޯނިއާ މަތިންދާބޯޓުތައް ދުއްވުމުގެ ހުއްދަ ނުދޭ ސަބަބުން ސިއްރު ކުރަން ޑިފެންސް މިނިސްޓްރީން ހައި ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

އެމްއެންޑީއެފުން ޑޯނިއޯ އޮޕަރޭޓް ކުރިތޯ ސާފު ކުރުމުގެ ގޮތުން "މިހާރު" ނޫހުން ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން އެ މައުލޫމާތު ހޯދުމަށް ޑިފެންސް މިނިސްޓްރީގައި އެދިފައެވެ. އަދި ވަނީ އެ ދެ ސިފައިންގެ އޮފިސަރުން ވަޒީފާއިން ވަކިވި ސަބަބު ސާފުކޮށްދިނުމަށްވެސް އެދިފައެވެ.

ނަމަވެސް ގައުމީ ސަލާމަތައް ނުރައްކާވެދާނެ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން ވަނީ އެ މައުލޫމާތު ހާމަކުރުމަށް ދެކޮޅު ހަދައިފައެވެ. ޑިފެންސުން އެގޮތަށް ނިންމީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ 29 ވަނަ މާއްދާއަށް ރިއާޔަތްކޮށެވެ. އެ މާއްދާގައި ބުނާ ގޮތުން ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ މައުލޫމާތު ސިއްރު ކުރުމުގެ ފުރުސަތު އޮންނާނެއެވެ. ނަމަވެސް އެ މައުލޫމާތު ހާމަކޮށްގެން ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ހިމެނިގެން ނުވާނަމަ އެ މާއްދާ ނުހިނގާނެ ކަމަށްވެސް ގާނޫނުގައި ބުނެފައިވެ އެވެ.

ޑިފެންސް މިނިސްޓްރީގެ އެ ނިންމުމާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރު އޮފީހުން ވަނީ ހަތަރު އަޑުއެހުމެއް ބާއްވައިފަ އެވެ. އެ އަޑުއެހުން ތަކަށްފަހު އިންފޮމޭޝަން ކޮމިޝަނަރު އޮފީހުން ނިންމީ "މިހާރު" ނޫހުން އެދުނު މައުލޫމާތުތައް 5 ދުވަހުގެ ތެރޭގައި ހާމަކުރުމަށެވެ. ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރުގެ އެ ނިންމުން ޑިފެންސް މިނިސްޓްރީގެ ފަރާތުން ވަނީ މިދިޔަ އަންގާރަ ދުވަހު ހައި ކޯޓުގައި އިސްތުއުނާފު ކޮށްފައެވެ.

ރާއްޖެއިން ވަނީ ޑޯނިއޯ ދުއްވުމުގެ ގޮތުން އެމްއެންޑީއެފް ދެ އޮފިސަރަކު ތަމްރީނު ކޮށްފައެވެ. އެއީ ސިފައިންގެ ފަސްޓް ލެފްޓިނެންޓް އިބްރާހިމް ޝަރީފާއި ލެފްޓިނެންޓް އަހުމަދު އަލީއެވެ. އޭގެ އިތުރުން 5 ޕައިލެޓެއް އަސްކަރީ އުޅަނދުތައް ދުއްވަން ތަމްރީނުކޮށް 4 ޕައިލެޓަކު ޑޯނިއާ ކޮންވާޝަން ކޯސް ފުރިހަމަކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފުން ކުރިން ބުނެފައިވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *