މާލީ ކަންކަމުގައި ލަފާދީ، ފަންނީ އެހީތެރިކަން ހޯދަން އެމެރިކާގެ ފާމެއް އައްޔަންކޮށްފި

މާލީ ކަންކަމުގައި ލަފާދީ، ފަންނީ އެހީތެރިކަން ހޯދަން އެމެރިކާގެ ފާމެއް އައްޔަންކޮށްފި

ރާއްޖެއަށް ދިމާވެފައިވާ މާލީ މައްސަލަތަކުން އަރައިގަތުމުގައި މާލީ ގޮތުން ލަފާދީ އަދި ފަންނީ އެހީތެރިކަން ހޯދުމަށްޓަކައި އެމެރިކާގެ ފާމެއް ދިވެހި ސަރުކާރުން އައްޔަން ކޮށްފި ކަމުގައި "ރޮއިޓާސް" އިން ބުނެފިއެވެ.

ރޮއިޓާސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މިކަމަށް ސަރުކާރުން އައްޔަން ކޮށްފައިވާ އެމެރިކާގެ ފާމަކީ ސެންޓަވިއު ޕާޓްނާސްއެވެ. މިއީ އިންވެސްޓްމަންޓާއި މާލީ ލަފާދިނުމަށްޓަކައި 2006 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ. ނަމަވެސް މިކަމާގުޅިގެން ދިވެހި ސަރުކާރުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފާމުގެ އޮފީސްތައް އެމެރިކާގެ ނިއު ޔޯކާއި ކެލިފޯނިއާ އަދި އިނގިރޭސިވިލާތުގެ ލަންޑަނާއި ފްރާންސްގެ ޕެރިހުގައިވެސް ހުރެއެވެ. އެ ފާމުގެ ކްލަޔަންޓުންގެ ތެރޭގައި ޑިސްނީ، އީބޭ، ޕެރަމައުންޓާއި ޑޫޕޯންޓް އަދި ޓްރިމްބްލް ހިމެނޭ ކަމަށްވެސް ވެއެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ ދަރަނީގެ ކަންކަމުގައި ލަފާދީ ފަންނީ އެހީތެރިކަން ހޯދުމަށް މި ފާމުގެ އެހީތެރިކަން ހޯދަން ސަރުކާރުން ނިންމިއިރު، ވޯލްޑް ބޭންކްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ދަރަނި ވަނީ 8.2 ބިލިއަން ޑޮލަރަށްވުރެ މަތިވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *