އިންޑިއާ އައުޓަކީ ޔާމީންގެ ފިލޯސަފީއެއް، މިސަރުކާރުގެ މަތިފަޑީގައި ތިބި މީހުންގެ ވިސްނުމެއްނޫން: މުބީން

އިންޑިއާ އައުޓަކީ ޔާމީންގެ ފިލޯސަފީއެއް، މިސަރުކާރުގެ މަތިފަޑީގައި ތިބި މީހުންގެ ވިސްނުމެއްނޫން: މުބީން

ރީޖަނަލް އެއާޕޯޓް ކޮމްޕެނީ (އާރްއޭސީ)ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވެފައިވަނީ އިންޑިއާ އައުޓަކީ މި ސަރުކާރުގެ މަތިފަޑީގެ ވިސްނުމެއް ނޫން ކަމަށެވެ.

މި ވާހަކަ އޭނާ ދައްކަވާފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ފަހުގެ ދަތުރުފުޅާ ގުޅިގެން އުފެދިފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުންނެވެ.

މުބީން އިތުރަށް ވިދާޅުވެފައިވަނީ މި ސަރުކާރުން އެއްވެސް ޤައުމަކާ ޖައްސާލައިގެން ނޫޅޭ ކަމަށެވެ. އަދި އިންޑިއާ އައުޓް ކެމްޕޭނަކީ ޕީ.އެން.ސީ އާއި ރައީސް މުޢިއްޒުގެ ސަރުކާރުގެ މަތިފަޑީގައި ތިއްބެވި ބޭފުޅުންގެ ވިސްނުމެއް ނޫންކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

"މިއީ ވަކި މީހެއްގެ ފިލޯސަފީއެއް އިނގޭތޯ މީ. މިއީ ރައީސް ޔާމީންގެ ފިލޯސަފީއެއް." މުބީން ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ އިންޑިއާ ދަތުރުފުޅުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެކި ދާއިރާތަކުން އެއްބަސްވުންތަކެއްގައި ސޮއިކުރެވުނެވެ. މީގެ ތެރޭގައި އުތުރުތިލަފަޅުގައި ތަރައްގީކުރަމުން އަންނަ ސިފައިންގެ ބަނދަރުގެ މަސައްކަތް ދެ ޤައުމުން ގުޅިގެން ނިންމުމާއި، ރާއްޖޭގެ ސާވޭލަންސް ފެންވަރު ރަނގަޅުކުރުމަށް އިތުރު ރާޑަރު ސިސްޓަމްތަކެއް ޤާއިމުކުރުމާއި، އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމުކުރުން ހިމެނެއެވެ. އަދި 400 މިލިއަން ޑޮލަރު އަދި 30 ބިލިއަން އިންޑިއާ ރުފީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައިވެސް ސޮއި ކުރެވުނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *