އިންޑިޔާއެކު ހަދާއިފައިވާ އެއްބަސްވުން ތަކުގެ އަކުރަކަށްވެސް ފިއްޔަކަށްވެސް މި ސަރުކާރުން ބަދަލެއް ނުގެނޭ: ސޯލިހު

އިންޑިޔާއެކު ހަދާއިފައިވާ އެއްބަސްވުން ތަކުގެ އަކުރަކަށްވެސް ފިއްޔަކަށްވެސް މި ސަރުކާރުން ބަދަލެއް ނުގެނޭ: ސޯލިހު

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން އިންޑިއާއެކު ހަދާފައިވާ އެއްބަސްވުން ތަކުގެ އަކުރަކަށްވެސް އަދި ފިއްޔަކަށްވެސް މި ސަރުކާރުން ބަދަލު ގެނެސްފައިނުވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ "ލާމަރުކަޒީ ގުޅުން" ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން، މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ސޯލިހު ވިދާޅުވީ، ވެރިކަމަށް އައުމަށް މި ސަރުކާރުގެ ވެރިން ދެއްކެވި ވާހަކަފުޅު ތަކަށް އަލިއަޅުއްވައިލައްވައި އެ ވާހަކަފުޅުތަކާމެދު ފުންކޮށް ވިސްނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އިދިކޮޅުގައި ތިއްބަވައިގެން އެއިރު އޮތް އެމްޑީޕީ ސަރުކާރަށް އަމާޒުކޮށް ދޮގުހެދިކަން މިހާރު ރައްޔިތުންނަށް ސާފުވެފައިވާ ކަމަށް ސޯލިހު ވިދާޅުވި އެވެ.

"ދޮގު ހެދިކަން މިއަންނަނީ ހާމަވަމުން. އެބޭފުޅުން ވެރިކަމަށް ވަޑައިގަތީ ދޮގުވެރި މަކަރުވެރި ހީލަތްތެރި ރޭވުން ތަކުން. އެބޭފުޅުން ވެރިކަމަށް އަންނަންވީ ވައުދުތަކަކީ ހިސާބު ކިތާބެއްގެ މައްޗަށް ބެލުމެއްތި ހެދި ވައުދު ތަކެއްކަން މިދަނީ ހާމަވަމުން،" ސޯލިހު ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އަވައްޓެރި ގައުމުތަކާއި އެ ގައުމުތަކުގެ ވެރިންނާމެދު މިއަދުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުން ނުދައްކަވާ ހަޑިމުޑުދާރު އެއްވެސް ވާހަކައެއް ނެތް ކަމަށެވެ. އެކަމުގެ ސަބަބުން އިންޑިޔާގެ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން ދަށްވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީ އާއި އޭރުގެ ސަރުކާރުގެ ވެރިންނާ ދެކޮޅަށް ދައްކަމުން އައި ބައެއް ވާހަކަ ތަކަށް އިޝާރަތް ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ އޭރު ގައުމަށް ޣައްދާރުވެ މިނިވަންކަމާއި އިސްތިގުލާލު ގެއްލުވާލައި، ދީން ނައްތާލަން އުޅޭކަމަށް ތުހުމަތުކުރި ނަމަވެސް އެއީ މުޅިން ދޮގުކަން މިއަދު ސާބިތު ވަމުންދާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *