މޫސުން ވަރަށް ގޯސް: ބުރިޖުން ދަތުރުކުރާއި ކުޑަ ނުނެގުމަށާައި ފަސޭހައިން ހަލާކުވާ ކޯޓު ނުލުމަށް އިލްތިމާސްކޮށްފި

މޫސުން ވަރަށް ގޯސް: ބުރިޖުން ދަތުރުކުރާއި ކުޑަ ނުނެގުމަށާައި ފަސޭހައިން ހަލާކުވާ ކޯޓު ނުލުމަށް އިލްތިމާސްކޮށްފި

ރާއްޖެއަށް މިހާރު ވައިގަދަވެ ވިއްސާރަވެފައިވާތީ ސިނަމާލެ ބުރިޖުންނާައި ހައިވޭއިން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުންމިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ މި ދުވަސްވަރަކީ ވައިގަދަ، ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު، ސިނަމާލެ ބްރިޖު އަދި ހަލިމަގު (ހައިވޭ)އިން ދަތުރު ކުރާއިރު ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން އުޅަނދު ދުއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި ސައިކަލު ދުއްވާއިރު ކުޑަނަގައިގެން ނުދުއްވުމަށާއި ފަސޭހައިން ހަލާކުވެ ވަޔާދާ ފަދަ ކޯޓު ބޭނުން ނުކުރުމަށާއި އަދި ހެލްމެޓު ވެސް ވަޔާ ނުދާނޭހެން ރަނގަޅަށް އެޅުމަށް އިލްތިމާސްކުރާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

އޭގެ އިތުރުން، އުޅަނދުގެ ލައިޓުތައް ދިއްލޭތޯ ބަލައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްގެން އުޅަނދު ދުއްވުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.

ފުލުހުން ވިދާޅުވީ މި ދުވަސްވަރަކީ ކަނޑުގަދަ އަދި ވިއްސާރަ ދުވަސް ވަރަކަށް ވުމާއެކު، ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތުގައި މެނުވީ ކަނޑުދަތުރު ނުކުރުމަށް އިލްތިމާސްކުރާ ކަމަށާއި ދަތުރުކުރަން ޖެހިއްޖެ ހާލަތުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި ކުދި އުޅަނދުގައި ދަތުރު ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *