މާލެ ސަރަހައްދަށް ވަރަށް ވައިގަދަ، ފަތިހު 58 މޭލަށް ވައިގަދަވި: މެޓް

މާލެ ސަރަހައްދަށް ވަރަށް ވައިގަދަ، ފަތިހު 58 މޭލަށް ވައިގަދަވި: މެޓް

މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެ ސަރަހައްދަށް ވަރަށް ބޮޑަށް ވައިގަދަވި ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް)ން ބުނެފި އެވެ.

މެޓުން މިއަދު ބުނީ ރޭ ފަތިހު މާލެ ސަރަހައްދަށް ވިލާގަނޑުގައި ވަރަށް ބާރަށް ވައިޖެހުނު ކަމަށެވެ. އެގޮތުން ފަތިހު 5:40 ހާއިރު 58 މޭލަށް ވައިގަދަވި ކަމަށާއި މާދަމާ ފަތިހު ވެސް ވައި ވަރަށް ގަދަވާނެ ކަމަށް މެޓުން ބުންޏެވެ.

މެޓް އޮފީހުން ވަނީ ފާއިދުވެދިޔަ 24 ގަޑިއިރުގައި އެކި ހިސާބުތަކަށް ވައިޖެހުނު މިންވަރު ރެކޯޑްކޮށް އެ އަދަދުތައް އާންމުކޮށްފަ އެެވެ.

އޭގައިވާ ގޮތުން ވިލާގަނޑުގައި ބ. ދަރަވަންދޫއަށްގަޑިއަކު 55 މޭލަށް ވައިގަދަވި އެވެ. ދެވަނައަށް އެންމެ ވައިގަދަވީ ހދ. ކުޅުދުއްފުށްޓަށެވެ. އެ ރަށަށް ވިލާގަނޑުގައި 47 މޭލަށް ވައި ގަދަވިއެވެ. ތިން ވަނައަށް އެންމެ ވައިގަދަވީ ހދ. މަކުނުދޫއަށެވެ. މަކުނުދޫއަށް ވިލާގަނޑުގައި 46 މޭލަށް ވައިގަދަވި އެވެ.

ރާއްޖެއަށް މިހާތަނަށް އެންމެ ވައިގަދަވި ކަމަށް ރެކޯޑު ކުރެވުނީ މެއި 29، 1991 ގައެވެ. އެފަހަރު ސ. ގަމަށް ވިލާގަނޑުގައި ގަޑިއަކު 103.5 މޭލަށް ވައިގަދަވި އެވެ.

ހުޅުލެއަށް އެންމެ ވައިބާރުވި ކަމަށް ރެކޯޑް ކުރެވިފައި ވަނީ ނޮވެމްބަރު 3، 1978 ގަ އެވެ. އެއީ 71.3 މޭލުގެ ބާރުމިނުގަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *