ރައީސް ބެންގަލޫރުގައި

ރައީސް ބެންގަލޫރުގައި

ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ބެންގަލޫރަށް ވަޑައިގަންނަވައިފިއެވެ.

ބެންގަލޫރަށް ވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުޙަބާ ވިދާޅުވީ، ކަރްނާޓަކާ ސަރުކާރުގެ، ޗިއްކަބައްލަޕޫރު ޑިސްޓްރިކްޓްގެ އިންޗާޖް މިނިސްޓަރ އަދި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަނެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އާއި ދިވެހި ވަފުދުގެ ބޭފުޅުން އިންޑިއާގެ ވިފަރާރިވެރިންގެ މަންދޫބުންނާ ބައްދަލުކުރައްވާނެއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ބެންގަލޫރުގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *