ސަން ސިޔާމް ރިސޯޓްސްގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސިޔާމް މުހައްމަދު އާމިނަތު ޒާރާގެ ކައިވެނި މާދަމާ ކުރަން ނިންމަވައިފި އެވެ.
އެނގިފައިވާ ގޮތުގައި ޒާރާގެ ކައިވެންޏަށް އާއިލާ މިހާރު ތިބީ މާލެ އައިސްފަ އެވެ. އެ ކައިވެނި ކުރަން ނިންމާފައިވަނީ ސިޔާމުގެ އޮޅުވެލި ރިސޯޓުގަ އެވެ.
އެ ކައިވެންޏަށް ރިސޯޓު ޑެކަރޭޓް ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. ކައިވެންޏަށް ފަހު މާދަމާ ރިސޯޓުގައި ޕާޓީއެއް އޮންނާނެ ކަމަށާ އަދި ކަމަދޫގެ ރައްޔިތުންނަށް ހާއްސަ ހަފްލާއެއް އެ ރަށުގައި ބާއްވަން ވަނީ ނިންމައިފަ އެވެ.
ސިޔާމް އާއި ޒާރާ ކައިވެނި ބައްލަވައިގަންނަވަން އުޅޭ ކަމުގެ އަޑުތައް ފެތުރެން ފެށީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގަ އެވެ.