ސަލްމާން ރަސްގެފާނު އަނެއްކާވެސް ފުއްޕާމޭގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަނީ

ސަލްމާން ރަސްގެފާނު އަނެއްކާވެސް ފުއްޕާމޭގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަނީ

ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު އަލް-ސުޢޫދުގެ ޞިއްޙީ ޙާލަތު އަނެއްކާވެސް ގޯސްވެ ފަރުވާ ހޯއްދަވަން ފައްޓަވައިފިއެވެ.

ޝާހީ ގަނޑުވަރުން އިއްޔެ ހާމަކުރި ގޮތުގައި، އުމުރުފުޅުން 88 އަހަރުގެ ރަސްގެފާނު މިހާރު ވަނީ ފުއްޕާމޭގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަން ފައްޓަވާފައެވެ.

މި އަހަރުގެ ތެރޭގައި މިއީ ދެވަނަ ފަހަރަށް ރަސްގެފާނު ސަލްމާން ފުއްޕާމޭގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވާ ފަހަރެވެ. މިމަހުގެ ހަ ވަނަ ދުވަހު ހެދުނު ހެއްދެވި ޓެސްޓުތަކަކާއި ގުޅިގެން ފަރުވާ ފެށިފައިވާއިރު، ޞިއްޙީ ޙާލަތުގެ އިތުރު ތަފްޞީލުތައް އަދި ހާމަކުރެވިފައެއް ނުވެއެވެ.

ރަސްގެފާނުގެ ޞިއްޙަތަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅިގެން، ފާއިތުވި އޯގަސްޓު މަހު ވަނީ ޝާހީ އަމުރެއް ނެރުއްވާފައެވެ. މި އަމުރުގެ ދަށުން، ރަސްގެފާނު ނުވަތަ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާންގެ ހާޒިރުފުޅު ނެތި ކެބިނެޓުގެ ބައްދަލުވުންތައް ބޭއްވުމުގެ ހުއްދަ ދެއްވާފައިވެއެވެ. މި ފިޔަވަޅަކީ ޝާހީ ވެރިކަމުގެ ނިޒާމުގެ މެދުނުކެނޑި ދެމިގެންދިޔުން ކަށަވަރުކުރުމަށް އެޅުއްވި ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

ޝާހީ ގަނޑުވަރުން ބުނެފައިވަނީ ރަސްގެފާނުގެ ޞިއްޙަތާ ބެހޭ އިތުރު މަޢުލޫމާތު ލިބުމުން ލަސްނުކޮށް އާންމުކުރާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *