ރާއްޖެ ވަޑައިގަތުމަށް ރައީސް މުއިއްޒު ދެއްވި ދައުވަތު ބޮޑުވަޒީރު މޯދީ ގަބޫލު ކުރައްވައިފި

ރާއްޖެ ވަޑައިގަތުމަށް ރައީސް މުއިއްޒު ދެއްވި ދައުވަތު ބޮޑުވަޒީރު މޯދީ ގަބޫލު ކުރައްވައިފި

ރާއްޖެއާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތުގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވެވި ދަޢުވަތު މޯދީ ޤަބޫލު ކުރައްވައިފިއެވެ.

ރައީސް މުޢިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިއްޔެ މޯދީއާ ބައްދަލު ކުރެއްވުމަށްފަހު މި ދަޢުވަތު ދެއްވިކަން ހާމަކުރެއްވިއެވެ. އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވިދާޅުވެފައިވަނީ މި ދަޢުވަތު މޯދީ ޤަބޫލު ކުރައްވާފައިވާ ކަމަށެވެ.

ނަމަވެސް، މި ދަތުރުފުޅު އިންތިޒާމު ކުރެވިފައިވާ ވަކި ތާރީޚެއް އަދި ދެ ޤައުމުގެ ސަރުކާރުންވެސް ހާމަކޮށްފައެއް ނުވެއެވެ. ރައީސް މުޢިއްޒުގެ ވެރިކަމުގައި މޯދީ އަދި ރާއްޖެއަށް ވަޑައިގެންފައެއް ނުވެއެވެ.

ކުރީގެ ސަރުކާރު އޮތްއިރު، އޭރު އިދިކޮޅު ފަރާތްތަކުން އިންޑިޔާއާ ދެކޮޅަށް ހިންގި "އިންޑިޔާ އައުޓް" ކެމްޕޭނުގެ ސަބަބުން ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، އިންޑިއާއާއި ރާއްޖޭގެ ގުޅުން އޮތީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ނަމަވެސް މިހާރު ދެ ޤައުމުގެ ގުޅުން ވަނީ އާންމު ހާލަތަކަށް އައިސްފައެވެ. މި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމެއްކަމަށް ބެލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *