އިންޑިއާ އައުޓް ކެމްޕޭނުގައި ބައިވެރިވި ރައީސް މުއިއްޒު، ރާއްޖޭގެ ޕޮލިސީ ކަމަށްވާ އިންޑިއާ ފަސްޓް ޕޮލިސީ ގެންގުޅުވާނެތޯ މާރިޔާ ސުވާލު ކުރައްވައިފި

އިންޑިއާ އައުޓް ކެމްޕޭނުގައި ބައިވެރިވި ރައީސް މުއިއްޒު، ރާއްޖޭގެ ޕޮލިސީ ކަމަށްވާ އިންޑިއާ ފަސްޓް ޕޮލިސީ ގެންގުޅުވާނެތޯ މާރިޔާ ސުވާލު ކުރައްވައިފި

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ކެމްޕޭނުގައި ބައިވެރިވި ރާއްޖޭގެ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާ ފަސްޓް ޕޮލިސީ ގެންގުޅުވާނެތޯ ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ސުވާލު ކުރައްވައިފި އެވެ.

ރާއްޖެއިން އެންމެ ކުރީއްސުރެ ގެންގުޅެނީ އިންޑިއާ ފަސްޓް ޕޮލިސީ އެވެ. ނަމަވެސް އެ ޕޮލިސީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައާއި ރައީސް މުއިއްޒުގެ ވެރިކަމުގައި ވަނީ ކޮންމެވެސް ވަރަކަށް ބަދަލުތަކެއް އައިސްފަ އެވެ.

ރައީސް މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުންދާ ދަތުރުފުޅާ ގުޅުވައި މާރިޔާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައީސުން ވެސް އެންމެ ފުރަތަމަ ރަސްމީ ދަތުރެއްގައި ވަޑައިގެންފައިވަނީ އިންޑިއާއަށް ކަމަށެވެ.

މާރިޔާ ވިދާޅުވީ ރައީސް މުއިއްޒުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ސްލޯގަންއަކީ "އިންޑިއާ އައުޓް" ކަމަށާއި ނަމަވެސް މިހާރު އެ ސްލޯގަން ވަނީ ޗައިނާއަށް ބަދަލުކޮށްފައި ކަމަށެވެ.

"ރާއްޖެއިން އަބަދުވެސް ދަމަހައްޓަމުން އަންނަ އިންޑިއާ ޕަސްޓް ޕޮލިސީ ރައީސް މުއިއްޒު ދަމަހައްޓާނެތޯ؟" މާރިޔާ ވިދާޅުވިއެވެ.

ރައީސް މުއިއްޒު އިންޑިޔާއަށް ވަޑައިގެންނެވީ އެގައުމުގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށެވެ. ރައީސް އިންޑިޔާއަށް ފުރާވަޑައިގެންނެވީ އިއްޔެ އެވެ.

އިންޑިޔާގެ ރިޔާސީ ގަނޑުވަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ރައީސްއަށް ރަސްމީކޮށް މަރުހަބާ ކިޔައިފައެވެ. ރިޔާސީ ގަނޑުވަރަށް ވަޑައިގަތުމުން، ރަސްމީކޮށް މަރުޙަބާ ދެންނެވީ އިންޑިޔާގެ ރައީސް ދުރޫޕަދީ މުރުމޫއާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީއެވެ.

މި ރަސްމިއްޔާތުގައި ވަނީ ދެ ގައުމުގެ ޤައުމީ ސަލާމްކުޅެފައެވެ. އަދި ރައީސްގެ ޝަރަފުގައި ހާއްސަ ގާޑް އޮފް އޮނާއެއް ވަނީ އަރުވާފައެވެ. މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތުގެ ތެރޭގައި އިންޑިޔާގެ އަސްކަރިއްޔާގެ ޚާއްސަ ހަރަކާތްތަކަކާއި، ސަގާފީ ބައެއް ހަރަކާތްތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރައީސް އޮފީހުން ބުނެފައިވަނީ މި ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރައްވައި ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ވަރުގަދަކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *