ޕީއެންސީއަށް 60 ހާސް މެމްބަރުން ހަމަވެއްޖެ، ޓާގެޓަކީ 75 ހާސް ހަމަކުރުން: އަދުރޭ

ޕީއެންސީއަށް 60 ހާސް މެމްބަރުން ހަމަވެއްޖެ، ޓާގެޓަކީ 75 ހާސް ހަމަކުރުން: އަދުރޭ

ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ މެމްބަރުންގެ އަދަދު 60،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓާގެޓަށް ވާސިލްވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީއެންސީއަށް މެމްބަރުން އިތުރު ކުރުމަށް ހުޅުމާލޭގައި ބޭއްވި ހަރަކާތަކަށް ފަހު ނޫސްވެރިންނާ ވާހަކަ ދެއްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، މި މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން އެމަނިކުފާނުގެ ލަފާފުޅާއި އިރުޝާދާ އެކީގައި ކުރިއަށްގެންދަވާ މަސައްކަތެއް ކަމަށެވެ. އަދި މިކަމުގައި އިސްވެ، އެންމެ ބޮޑަށް މަސައްކަތް ކުރައްވަނީ މަޖިލިހުގެ މެމްބަރުންނާއި، ޕާޓީއަށް ނިސްބަތްވާ ވަޒީރުންނާއި އެހެން އިސް ބޭފުޅުން ކަމަށް އަބްދުއްރަހީމް ފާހަގަ ކުރެއްވި އެވެ.

ރައީސް ޑރ. މުއިއްޒުގެ އަމާޒަކީ އަންނަ މަހުގެ 17 ވަނަ ދުވަހަށް ޕީއެންސީއަކީ ރާއްޖޭގައި އޮތް އެންމެ މެމްބަރުން ގިނަ ޕާޓީއަށް ހެދުމާއި، މެމްބަރުންގެ އަދަދު 75،000 އަށް އިތުރު ކުރުން ކަމަށް އަބްދުއްރަހީމް ހާމަ ކުރެއްވިއެވެ. މި އަމާޒަށް ވާސިލްވެވޭނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށާއި، މި އަހަރުގެ ނޮވެމްބަރު މަހުގެ މެދަކާ ހިސާބަށް ޕީއެންސީއަކީ 75،000 މެމްބަރުން ތިބި، ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ވެގެންދާނެ ކަމުގެ ޔަގީންކަން އަބްދުއްރަހީމް ދެއްވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެއްވެސް ސިޔާސީ ޕާޓީއަކަށް މިހާ ކުރު މުއްދަތެއްގައި މިހާ ގިނަ މެމްބަރުން ވަދެފައި ނުވާ ކަމަށެވެ. މި ކާމިޔާބީގެ ސިއްރަކީ ރައީސް މުއިއްޒު ގައުމާ ދޭތެރޭ ގެންގުޅުއްވާ ތަސައްވުރާއި ރައްޔިތުންނާ ގާތުން ކުރާ މަސައްކަތް ކަމަށާއި، މިއަދު ފެންނަމުންދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަށް ރައްޔިތުން ތާއީދުކުރާ މިންވަރު ކަމަށްވެސް އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *