ފޯޅަވަހި ހިމެނޭހެން، ޗާގޯސް ޖަޒީރާގެ މިލްކުވެރިކަން، މޮރިޝަސްއަށް ދިނުމަށް ޔޫކޭއިން އެއްބަސްވެއްޖެ

ފޯޅަވަހި ހިމެނޭހެން، ޗާގޯސް ޖަޒީރާގެ މިލްކުވެރިކަން، މޮރިޝަސްއަށް ދިނުމަށް ޔޫކޭއިން އެއްބަސްވެއްޖެ

ރާއްޖޭގެ ދެކުނަށް އޮންނަ ޗާގޯސް ޖަޒީރާގެ، ފޯޅަވަހި ހިމެނޭހެން، އެ ޖަޒީރާގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން އެއްބަސްވެއްޖެ އެވެ.

އިނގިރޭސީވިލާތުން ޗާގޯސް ޖަޒީރާ އިސްތިއުމާރުކޮށްގެން އުޅޭތާ 50 އަހަރު ފަހުން އެކަން ނިމުމަކަށް ގެންނަން އެއްބަސްވެ، އިނގިރޭސިވިލާތާއި މޮރިޝަސްގެ ބޮޑުވަޒީރުން ގުޅިގެން މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ބުނީ ޗާގޯސް ޖަޒީރާއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއްގެ ގޮތުގައި ބަލައިގަންނަން އެއްބަސްވީ އެ ޖަޒީރާގެ މިލްކުވެރިކަމާ މެދު އުފެދިފައިވާ މައްސަލަ ހައްލުކުރަން ދެ ގައުމުގެ ދެމެދުގައި ކުރިއަށް ގެންދިޔަ އަހަރެއްހާ ދުވަހުގެ މަޝްވަރާތަކަށް ފަހު ކަމަށެވެ.

އޭގައިވާ ގޮތުން ޗާގޯސް އަނބުރާ މޮރިޝަސްއަށް ދެނީ އެމެރިކާގެ އަސްކަރީ މަރުކަޒެއް ގާއިމްކޮށްފައިވާ ޑިއެގޯ ގާސިއާ ނުވަތަ ފޯޅަވައްސާ ވެސް އެއްކޮށެވެ. އެ އަސްކަރީ މަރުކަޒު މިހާރު ވެސް ބޭނުން ކުރަމުންދާ ގޮތަށް ބޭނުން ކުރުމުގެ ދެގައުމުގެ އެއްބަސްވެފައިވާ ކަމަށް ނޫސްބަޔާނުގައިވެ އެވެ.

އެހެންވެ ފޯޅަވަހި ފިޔަވައި ޗާގޯސް ޖަޒީރާގެ އެހެން ރަށްތަކުގައި މީހުން ވަޒަންވެރިކުރުމުގެ ޕްރޮގްރާމުތައް ކުރިއަށް ގެންދެވޭނެ ކަމަށް އެ ނޫސްބަޔާނުގައިވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *