ހަށިވިއްކަމުން ދިޔަ ބިދޭސީ ނެޓްވޯކެއް އަތުލައިގަނެ ބައެއް މީހުން ޑީޕޯޓްކޮށްފި

ހަށިވިއްކަމުން ދިޔަ ބިދޭސީ ނެޓްވޯކެއް އަތުލައިގަނެ ބައެއް މީހުން ޑީޕޯޓްކޮށްފި

ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީންގެ ނެޓްވޯކެއް އަތުލައިގެނެ ބައެއް މީހުން ޑީޕޯޓްކޮށްފި އެވެ.

އިމިގްރޭޝަނުން މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުން ދިޔަ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މިދިޔަ އޮގަސްޓު މަހާއި ސެޕްޓެންބަރު މަހު ހާއްސަ އިންސްޕެކްޝަން ތަކެއް ހިންގާފައިވާ ކަމަށެވެ.

އަދި އެކަމުގައި ޝާމިލްވާ ބިދޭސީ 05 އަންހެނުންނާއި އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިއަ ބިދޭސީ ފިރިހެނަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަަމަށް އިމިގްރޭޝަނުން ބުންޏެވެ.

އަދި މި މައްސަލަތައް ތަހުގީގު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މީގެ ތެރެއިން ތިން މީހަކު ޑީޕޯޓުކޮށްލަިއފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ބާކީ ތިބި ތިން މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ވިޔަފާރީގައި އުޅޭ ބިދޭސީންގެ އިތުރުން ކުށްތަކަށް އަރައިގަންނަ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ކަމާ ގުޅުން ހުރި އިދާރާތަކުން ދަނީ ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *