ކޯޕަރޭޓް ގަވަނެސް ކޯޑާ ހިލާފަށް ސަރުކާރު ކުންފުނިތަކުން އަހަރީ ޖަލްސާތައް ދަނީ ބާއްވަމުން: ޕީސީބީ

ކޯޕަރޭޓް ގަވަނެސް ކޯޑާ ހިލާފަށް ސަރުކާރު ކުންފުނިތަކުން އަހަރީ ޖަލްސާތައް ދަނީ ބާއްވަމުން: ޕީސީބީ

"ކޯޑް އޮފް ކޯޕަރޭޓް ގަވަނަންސް ފޯ ސްޓޭޓް އެންޑް އެންޓަޕްރައިޒަސް" އާ ހިލާފަށް ސަރުކާރު ކުންފުނިތަކުން އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަހަރީ އާންމު ޖަލްސާ އަދި ހާއްސަ ގޮތުން ބާއްވާ އާންމު ޖަލްސާތައް ބާއްވަމުންދާތީ އެކަން އެގޮތަށް ނުކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑް (ޕީސީބީ)ން ކުންފުނިތަކަށް އަންގައިފި އެވެ.

ޕީސީބީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ އެސްއޯއީތަކުން އަހަރީ އާންމު ޖަލްސާ ބާއްވަން ޖެހޭނީ ޕީސީބީގެ އޮފިޝަލުންނާއި ފިނޭންސްގެ އޮފިޝަލުން ހިމެނޭ ގޮތަށް ކަމަށެވެ. ނަމަވެސް އެސްއޯއީތަކުން ދަނީ އެ ކޯޑާ ހިލާފަށް ޕީސީބީ އަދި ފިނޭންސްގެ އޮފިޝަލުން ނުހިމަނައި އަހަރީ އާންމު ޖަލްސާ ބާއްވަމުންކަން ކުންފުނިތަކުގެ މޮނިޓަރިންގައި ފާހަގަވެފައިވާ ކަމަށެވެ.

"އަހަރީ އާންމު ޖަލްސާ އަދި ހާއްސަ ގޮތުން ބާއްވާ އާންމު ޖަލްސާތައް އިންތިޒާމު ކުރުމުގައި، އިސްވެ ދެންނެވުނު ގަވަނަންސް ކޯޑާ އެއްގޮތުގެ މަތިން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ އޮފިޝަލުންނާއި މިނިސްޓްރީ އޮފް ފިނޭންސްގެ އޮފިޝަލުން ހިމެނޭކަން ކަށަވަރު ކުރަން ދަންނަވަން،" ޕީސީބީން ބުންޏެވެ.

ޕީސީބީން ވަނީ އެ ބޯޑުގެ ޒިންމާ އަދާ ކުރުމުގެ ގޮތުން، ބޯޑުން އަންގާ އެންގުން ކުންފުނިތަކުން އަމަލު ކުރުމަކީ ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރު ތަންތަނަށް ލާޒިމު ކަމެއްކަން ހަނދާން ކޮށްދީފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *