ރާއްޖެއާއި ޗައިނާގެ ގުޅުން ބިނާވަނީ ރަހުމަތްތެރިކަމުގެ މައްޗަށް، ވަން ޗައިނާ ޕޮލިސީ ރާއްޖެއިން ދަމަހައްޓާނެ: ޝާހިދު

ރާއްޖެއާއި ޗައިނާގެ ގުޅުން ބިނާވަނީ ރަހުމަތްތެރިކަމުގެ މައްޗަށް، ވަން ޗައިނާ ޕޮލިސީ ރާއްޖެއިން ދަމަހައްޓާނެ: ޝާހިދު

ރާއްޖެއާއި ޗައިނާގެ ގުޅުން ބިނާވެފައިވަނީ ރަހުމަތްތެރިކަމުގެ މައްޗަށް ކަމަށާއި ރާއްޖެއިން "ވަން ޗައިނާ ޕޮލިސީ" ދަމަހައްޓާނެ ކަމަށް އެމްޑީޕީގެ ރައީސް، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޗައިނާގެ 75 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޗައިނާގެ ރައީސް ރައީސް ޝީ ޖިންޕިންއާއި ސެންޓްރަލް ކޮމިޝަން ފޯ ފޮރިން އެފެއާޒްގެ އޮފީހުގެ ޑިރެކްޓަރު ޕްރިމިއާ ލީ ކިއަންގް އަދި ފޮރިން މިނިސްޓަރު ވަންގް ޔީ އަދި ރާއްޖޭގައި ހުންނަ ޗައިނާގެ ސަފީރު ވަންގް ލިކްސިންއަށް ގައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ ރާއްޖެއަށް، ޗައިނާއަކީ މުހިންމު ގައުމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސް ތަކުގައިވެސް ރާއްޖެއަށް ޗައިނާ މުހިންމުވާނެ ކަމަށެވެ. އަދި ރާއްޖެއާއި ޗައިނާގެ ގުޅުން ބިނާވެފައިވަނީ ދެގައުމުން އެނެއް ގައުމަށް ކުރާ އިހުތިރާމުގެ މައްޗަށް ކަމަށެވެ.

ރާއްޖެއިން އަބަދުވެސް "ވަން ޗައިނާ ޕޮލިސީ" ދަމަހައްޓާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ރާއްޖޭއާއެކު ކުރިއަށް އޮތް ތަނުގައިވެސް ގުޅުން ބަދަހި ކުރާނެ ކަމުގެ ޔަގީންކަން ޗައިނާއިން ދިނުމުން ދެގައުމުގެ އެކުވެރިކަން ހާމަވެގެންދާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުގައި ފޮރިން މިނިސްޓަރަކަށް ޝާހިދު ހުންނެވިއިރު ވަނީ ރާއްޖެއާއި ޗައިނާގެ ދެމެދުގައި އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *