ރާއްޖެއަށް ޗައިނާއިން އަބަދުވެސް އެހީވާނެ: ސަފީރު

ރާއްޖެއަށް ޗައިނާއިން އަބަދުވެސް އެހީވާނެ: ސަފީރު

ރާއްޖޭގައި ހިންގާ ތަރައްގީގެ އެކިއެކި މަޝްރޫއު ތަކަށް އަބަދުވެސް އެހީތެރިކަމާއި އެއްބާރުލުން ދޭނެކަމުގައި ރާއްޖެއަށް ޗައިނާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގް ލީޝިން ވިދާޅުވެއްޖެ އެވެ.

ލީޝިން މިހެން ވިދާޅުވީ ޗައިނާގެ ގައުމީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ޗައިނާ އާއި ރާއްޖެއާދެމެދު އޮތީ ޒަމާންވީ ވަރުގަދަ ގުޅުމެއް ކަމަށެވެ. އެ ގުޅުން އޮތީ ދެގައުމުންވެސް އަނެއް ގައުމަށް އިޙްތިރާމްކުރާ ގުޅުމެއްގެ މައްޗަށް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ލީޝިންގ ވިދާޅުވީ ރާއްޖޭގެ ރައީސް ޑރ. މުޙަންމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންވެސް ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ވެގެންދިޔަ ކަމަށެވެ. ޗައިނާގެ އެހީގައި ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށްވެސް އޭނާ އިޝާރާތް ކުރެއްވިއެވެ. އެގޮތުން ވިލިމާލޭގައި އަޅާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލާއި، ވިލިމާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއަށް އަޅިއަޅުވާލެއްވިއެވެ.

ސަފީރު ވިދާޅުވީ ކުރިމަގުގައިވެސް ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެ، އިތުރު މަޝްރޫއުތަކަށް ޗައިނާއިން މަރުޙަބާ ކިޔާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *