ސަލްމާން މިސްކިތުގެ އިމާމު ޖަލީލާ ގުޅޭ ސީރިއަސް މައްސަލައެއް ބަލަން ފަށައިފި

ސަލްމާން މިސްކިތުގެ އިމާމު ޖަލީލާ ގުޅޭ ސީރިއަސް މައްސަލައެއް ބަލަން ފަށައިފި

ސަލްމާން މިސްކިތުގެ އިމާމަކަށް އައްޔަނު ކޮށްފައި ހުރި ފ. ނިލަންދޫ، އަބްދުލްޖަލީލް އިސްމާއިލާއި ގުޅޭ ފޯޖަރީގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

އަބްދުލްޖަލީލް ސަލްމާން މިސްކިތުގެ އިމާމަކަށް އައްޔަން ކޮށްފައި ވަނީ ޑެޕިއުޓީ މިނިސްޓަރެއްގެ ފެންވަރުގައެވެ.

ފުލުހުން މިއަދު މީޑިޔާ ތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު ކަމަށެވެ. އިމާމު ޖަލީލުގެ މައްޗަށް ތުހުމަތު ތަކެއް ކުރަނީ 2 ޖެނުއަރީ، 2022، ގައި މާފަންނު ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު ހއ. ހޯރަފުށި، ޑީންސްވިލާގޭ، ހާޝިމް މުހައްމަދު، 44، އާއިލާއިންނެވެ. އެ އާއިލާއިން ތުހުމަތުކުރާ ގޮތުގައި ހާޝިމްގެ ހުރިހާ ވިޔަފާރި ތަކެއް ވަނީ ޖަލީލުގެ ނަމަށް ބަދަލު ކޮށްފައެވެ.

ހާޝިމްގެ އާއިލާ އާއި ޖަލީލުއާ ދެމެދު މިދިޔަ ހޯމަ ދުވަހު ވަނީ މާލޭގައި ހިންގާ ފިހާރައެއްގެ ތެރޭގައި ހަމަނުޖެހުމެއްވެސް ހިނގައިފައެވެ.

ފުލުހުން މިއަދު ބުނީ، އެ މައްސަލަވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *