މިފްކޯއަށް ބޭރުގެ ސީއީއޯއެއް ހޯދަން އަނެއްކާ އިއުލާނު ކޮށްފި

މިފްކޯއަށް ބޭރުގެ ސީއީއޯއެއް ހޯދަން އަނެއްކާ އިއުލާނު ކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންމްޕެނީ ލިމިޓެޑް، މިފްކޯއަށް ބޭރުގެ ސީއީއޯއެއް ހޯދަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، (ޕީސީބީ) އިން އަލުން ހުޅުވާލައިފިއެވެ.

މިފްކޯއަށް ސީއީއޯ އެއް ހޯދުމަށް މީގެކުރިން ކުރި އިއުލާން ބާތިލް ކުރީ ޝަރުތު ހަމަވާ އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީއެވެ. މިފްކޯގެ ސީއީއޯގެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މިފެށޭ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހު 2:00 އާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލައިފައެވެ.

މިފްކޯއަށް ބޭރުގެ ސީއީއޯއެއް ހޯދަން ކުރި އިއުލާނުގައި ސީއީއޯގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ޝަރުތު ތަކުގެ ތެރޭގައި، މަސްވެރިކަމާ ގުޅުން ހުރި ކުންފުންޏެއް، މަދުވެގެން 8 އަހަރު ދުވަސް ވަންދެން ހިންގުމުގެ ތަޖުރިބާ ލިބިފައިވުމާއި، މަދުވެގެން 4 އަހަރު ދިވެހި މަސްވެރިކަމާއި ގުޅުން ހުރި ބައިނައަގްވާމީ ކުންފުންޏެއް ހިންގުމުގެ ތަޖުރިބާ ހުރި ފަރާތަކަށްވުން ހިމެނެއެވެ.

ޕީސީބީން މިފްކޯއަށް އާ ސީއީއޯއެއް ހޯދަނީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ޝަމާހް ރަޝީދު މިދިޔަ މޭމަހު އެމަގާޟުން ވަކި ކުރުމަށްފަހުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *