ޒުވާނުންގެ އަތުގައި ހަތަރު ވަރަކަށް ރިސޯޓު އޮންނަ ދުވަސް ދެކެން ވަރަށް ބޭނުން: ފައިސަލް

ޒުވާނުންގެ އަތުގައި ހަތަރު ވަރަކަށް ރިސޯޓު އޮންނަ ދުވަސް ދެކެން ވަރަށް ބޭނުން: ފައިސަލް

ދިވެހި ޒުވާނުންގެ އަތުގައި ހަތަރު ވަރަކަށް ރިސޯޓު އޮތުމަކީ އޭނާ ވަރަށް ބޮޑަށް ދެކެން ބޭނުންވާ މަންޒަރެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ޓުއަރިޒަމް ދުވަހުގެ މުނާސަބާތާ ގުޅިގެން މިއަދު ދެއްވި މެސެޖެއްގައި ފައިސަލް ވިދާޅުވީ ރާއްޖޭގައި ޓޫރިޒަމް ކުރި ނޭރުވޭނެ ކަމަށް ޔޫއެންޑީޕީން ވަނީ ބުނެފައި ކަމަށެވެ. ނަމަވެސް ދިވެހި ޒުވާނުންތަކެއް ވަނީ ހިތްވަރާއެކުނުކުމެ، ޓޫރިޒަމް ކުރިއެރުވުމުގައި ރާއްޖޭގައި ހުރި ގޮންޖެހުންތަކާ ކުރިމަތިލައި ދުނިޔެ ގަބޫލުކުރާ ފެންވަރުގެ ޓޫރިޒަމަކަށް ރާއްޖެ ހަދައިފައި ކަމަށެވެ. ފައިސަލް ވިދާޅުވީ އޭނާ ދެކެން އެންމެ ބޭނުންވަނީ މިއަދުގެ ޒުވާނުން ވެސް ޓޫރިޒަމް ދާއިރާއަށް އިންވެސްޓުކޮށް ރިސޯޓުތަކުގެ ވެރިންނަށް ވެގެންދާ މަންޒަރު ދެކެން ކަމަށެވެ.

"މިހާރަށްވުރެ ބޮޑަށް ޒުވާނުން ނުކުމެ ފަތުރުވެރިކަމުގެ ސިނާއަތުގަ މަސައްކަތްކޮށް މީގެ އޯނާޝިޕް އާ ދިވެހި ޒުވާނުން ހޯދާ ހޯދުން އެއީ އެންމެ ބޮޑު، އެކަމަށް ފެސިލިޓިޓޭޓް ކޮށްދޭން މިއަދުގެ ސަރުކާރު މިއޮތީ. އެހެންވީމާ އެކަމަށް ހަމަ ވަރަށް ވަރަށް ބޮޑަށް ހަމަ އަޅުގަނޑު ހަމަ ދިވެހި ޒުވާނުންގެ ކިބައިން އެދެން. މި ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ހިތްޕެވުމަށް އިނގޭތޯ" ފައިސަލް ވިދާޅުވި އެވެ.

"އަޅުގަނޑު ވަރަށް ބޭނުން ޒުވާނުން މީގެ ތެރެއަށް ވަދެ ޓޫރިޒަމް އިންޑަސްޓްރީގަ އިންވެސްޓުކޮށް އެ ބޭފުޅުންނަކީ 15-20 އަހަރު ފަހުން ތިން ހަތަރު ރިސޯޓު އޯން ކޮށްގެން ތިއްބެވި ބޭފުޅުންނަށްވާތަން ދެކެމަކީ އަޅުގަނޑު ހުވަފެނެއް"

ފައިސަލް ވިދާޅުވީ ދިވެހި ޒުވާނުންނަކީ ވަރަށް ހުނަރުވެރި ބައެއް ކަމަށެވެ. ދިވެހި ޒުވާނުންނަކީ އެމީހުން ކުރާ ކަންކަމުގައި ނަތީޖާ ނެރޭ ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ. ސަރުކާރުން ބޭނުންވަނީ ދިވެހިން ފަތުރުވެރިކަމުގެ ދާއިރާގައި ބާރުވެރިކުރުވަން ކަމަށެވެ. އެގޮތުން ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންގެ ބޮޑު ބަޔަކީ ދިވެހިންނަށް ހަދަން ބޭނުންވާ ކަމަށާއި ރިސޯޓަކުގެ އެހެނިހެން އިސް މަގާމުތަކުގެ ވަޒީފާތަކުގައި ދިވެހިން ތިބުމަށް ބޭނުންވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *