6 ކެފޭއެއްގައި ގަވާއިދާ ޚިލާފަށް ވަޒީފާ އަދާކުރަމުން ދިޔަ 16 ބިދޭސީއަކު އަތުލައިގެންފި

6 ކެފޭއެއްގައި ގަވާއިދާ ޚިލާފަށް ވަޒީފާ އަދާކުރަމުން ދިޔަ 16 ބިދޭސީއަކު އަތުލައިގެންފި

މޯލްޑިވްސް އިމިގްރޭޝަނުން ދެދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި ހުޅުމަލޭގެ 6 ކެފޭއެއް ބަަލައި ފާސްކޮށް 16 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ މި މަހުގެ 24 އަދި 25 ވަނަ ދުވަހު ޓާސްކު ފޯސް އިން ހުޅުމާލޭގެ ފޭސް އެކެއްގައި ހިންގަމުންދާ 06 ކެފޭ/ހޮޓާ ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި މިތަންތަނުގައި ގަވާއިދާ ހިލާފަށް ތިބި 16 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި ބުނީ އޭގެތެރެއިން ނަގަންޖެހޭ ބައެއް ހުއްދަތައް ނުނަގާ ހިންގަމުންދިޔަ ތިން ކެފޭއަކަށް ކަމާގުޅުންހުރި އިދާރާތަކުން ނޯޓިސް ދީފައިވާ ކަމަށެވެ. އިމިގްރޭޝަނުން އަންނަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީން ހޯދައި ފިޔަވަޅު އަޅަމުންނެވެ.

އިމިގްރޭޝަނުން އިއްޔެ އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން 10 މަސް ތެރޭގައި މި ސަރުކާރުން ވަނީ ގަވާއިދާ ހިލާފަށް އުޅޭ 4،054 ބިދޭސީން ޑީޕޯޓް ކޮށްލައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *