ފަލަސްތީނަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުންދޭނެ: ރައީސް

ފަލަސްތީނަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުންދޭނެ: ރައީސް

ފަލަސްޠީނުގެ ކަންކަމަށް ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސް، މި ޔަޤީންކަން ދެއްވީ އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ.ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ފަލަސްޠީނުގެ ރައީސް ޑޮކްޓަރ މަޙްމޫދު ޢައްބާޞްއާ ބައްދަލުކުރެއްވުމަށްފަހު މީޑިޔާއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްޠީނު ރައްޔިތުންނާއެކު ކަމަށާއި އެންމެހާ ދިވެހި ރައްޔިތުން ފަލަސްޠީނު ރައްޔިތުންނާއި ފަލަސްޠީނުގެ މައްސަލައަށް ތާއީދުކުރާކަން ރައީސް ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

އަދި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އުދުވާނާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދިވެހިން އަބަދުވެސް ފަލަސްޠީނު ރައްޔިތުންނަށް އެހީތެރިވެވެން އޮތް ގޮތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގައެވެ. އެގޮތުން މީގެކުރިންވެސް، މިހާރުވެސް އަދި ކުރިޔަށްއޮތް ތަނުގައިވެސް ފަލަސްޠީނު ރައްޔިތުންގެ މައްސަލައިގައި ދިވެހިރާއްޖެއިން ތާއީދު އޮންނާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *