ރައީސް މުއިއްޒު، ފަލަސްތީނުގެ ރައީސް އައްބާސްއާ ބައްދަލު ކުރައްވައިފި

ރައީސް މުއިއްޒު، ފަލަސްތީނުގެ ރައީސް އައްބާސްއާ ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާއި ބައްދު ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު، މަޙްމޫދު އައްބާސްއާ ބައްދަލު ކުރެއްވީ އިއްޔެ ކަމަށެވެ. ރައީސް މަހުމޫދު އައްބާސްއާއި ރައީސް ޑރ. މުއިއްޒު ބައްދަލު ކުރެއްވީ އދ. ގެ އާންމު މަޖިލިހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް މިހާރު އެމެރިކާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި ފަލަސްތީނުގެ ރައީސް ވަނީ އެ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ޖަރީމާތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ.

ރައީސް މުއިއްޒާއި ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ބޭއްވި ބައްދަލުވުމަށް ފަހު މީޑިއާގައި ވާހަކަފުޅު ދައްކަވަމުމުން ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނާއެކު ކަމަށެވެ. ކޮންމެ ތަނެއްގައި ވެސް ރާއްޖެ އިން އަޑު އުފުލާނީ ފަލަސްތީނުގެ ދިފާއުގައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ އެންމެހާ ހައްގުތަކާއި ހައްގު މަގާމު ހޯދައިދިނުމަށް ދިވެހި ރައްޔިތުންނަށް ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރުންމަތީ އަބަދުވެސް ދެމިތިބޭނެ. އެ ޔަގީންކަން އަރުވަން." ރައީސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *