ނޭނގި ޕާޓީ ބަދަލުވެފައި ވާނަމަ ކުރީގެ ޕާޓީއަށް ރުޖޫއަ ކޮށްދޭ ގޮތަށް ގަވާއިދު އިސްލާ ހުކޮށްފި

ނޭނގި ޕާޓީ ބަދަލުވެފައި ވާނަމަ ކުރީގެ ޕާޓީއަށް ރުޖޫއަ ކޮށްދޭ ގޮތަށް ގަވާއިދު އިސްލާ ހުކޮށްފި

ރަޖިސްޓްރީ ވެފައިވާ ޕާޓީ ނޫން އެހެން ޕާޓީ އަކަށް ނޭނގި ރަޖިސްޓްރީ ވެފައިވާނަމަ، އެކަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން، ކުރިން ހުރި ސިޔާސީ ޕާޓީއަށް ބަދަލު ކޮށްދޭ ގޮތަށް ސިޔާސީ ޕާޓީ ތަކުގެ ގަވާއިދަށް އިލެކްޝަން ކޮމިޝަނުން ބަދަލު ގެނެސްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ސިޔާސީ ޕާޓީ ތަކުގެ ޤަވާއިދުގެ 19 ވަނަ މާއްދާއަށް ގެނައި އިސްލާހުގައި ވަނީ ސިޔާސީ ޕާޓީ އަކުން ވަކިވާން އެދި ޕާޓީއަށް ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި އެމީހަކު އެޕާޓީން ވަކިކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި އެގޮތަށް ވަކިކޮށް ނުދޭ ނަމަ، ކޮމިޝަނުން ކަނޑައަޅާ ނިޒާމެއްގެ ތެރެއިން ހުށަހެޅުމުން އެމީހެއްގެ ނަން ޕާޓީގެ ދަފްތަރުން އުނިކޮށްދޭނެ ކަމަށެވެ.

ސިޔާސީ ޕާޓީއެއްގެ މެންބަރު ކަމުގައި ހުރެގެން އަދާ ނުކުރެވޭ މަގާމަކަށް ކުރިމަތިލުމުން ނުވަތަ އެމީހަކަށް ނޭނގި ޕާޓީ ބަދަލު ވެގެން އެކަމުގެ ޝަކުވާ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ނިޒާމެއްގެ ތެރެއިން ހުށަހަޅައިފިނަމަ، ޕާޓީގެ ދަފްތަރުން އުނި ކޮށްދޭންޖެހޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ގަވާއިދު ބަދަލު ކޮށްފައެވެ.

ކުރިން ޤަވާއިދުގައި އޮންނަ ގޮތުން ޕާޓީން ވަކިވާން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭނީ އެކަމަށް ޚާއްސަ ފޯމެއް މެދުވެރިކޮށެވެ. އަދި ވަކި ސަބަބަކާ ހުރެ ޕާޓީ އަކުން ވަކިވާން އެދިއްޖެނަމަ، އެމީހަކު ވަކިވާން ހުށަހެޅި ސަބަބަށް ރިޢާޔަތްކޮށް އޭނާ ދަފްތަރުން އުނި ކޮށްދިނުމުގެ އިޚްތިޔާރު އިލެކްޝަންސް ކޮމިޝަނަށް އޮވެއެވެ. ނަމަވެސް މިހާރު ޢަމަލު ކުރަން ފެށި އިސްލާހާއެކު އެމީހަކު ވަކިވާން އެދުމުން ކޮމިޝަނުން އޭނާ ވަކިކޮށްދޭން ޖެހޭނެއެވެ. އަދި ކުރިން އޮންނަ ގޮތުން އެމީހަކު ކުރިން ހުރި ޕާޓީއަށް ރުޖޫޢަށް ކޮށެއް ނުދެއެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *