ޗައިނާގެ ފޮރިން މިނިސްޓަރާ، ރައީސް ބައްދަލު ކުރައްވައިފި

ޗައިނާގެ ފޮރިން މިނިސްޓަރާ، ރައީސް ބައްދަލު ކުރައްވައިފި

ޗައިނާގެ ފޮރިން މިނިސްޓަރު، ސީޕީސީގެ ސެންޓްރަލް ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ މެމްބަރު، ޗައިނާގެ ސެންޓްރަލް ކޮމިޝަން ފޯ ފޮރިން އެފެއާޒްގެ އޮފީހުގެ ޑިރެކްޓަރު ވަންގ ޔީއާ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލު ކުރައްވައިފިއެވެ.

އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައެވެ. އެ ބައްދަލުވުމުގައި ރައީސް ވަނީ، ޗައިނާއާއެކު އޮންނަ ގުޅުމަށް ރާއްޖެއިން ދެއްވާ އަހައްމިއްޔަތު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިއެވެ. އަދި ދެ ގައުމުގެ މެދުގައި ވެފައިވާ އެއްބަސްވުންތަކާއި، ދެ ގައުމުން ގުޅިގެން ކުރިއަށްގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވައިފައެވެ.

މީގެއިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމަށް ޗައިނާއިން ދެމުންދާ އެއްބާރުލުމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައި ވެއެވެ. އެ ބައްދަލުވުމުގައި ޗައިނާގެ ފޮރިން މިނިސްޓަރު ވަނީ ވަނީ ދެގައުމުގެ ޝާމިލުވުން އޮންނަ ހުރިހާ ދާއިރާއެއްގައިވެސް ރާއްޖެއަށް ޗައިނާގެ ތާއީދު ލިބެމުންދާނޭ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ވަކިން ހާއްސަކޮށް މޫސުމީ ބަދަލު ތަކަށް އަހުލުވެރިވުމަށް ކުރާ މަސައްކަތްތަކުގައި އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއްގެ ގޮތުގައި ދެމިއޮތް ޗައިނާ އިން މިހާތަނަށް ވަރަށް ގިނަ ބޮޑެތި މަޝްރޫއު ތަކުގައި އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އޭގެތެރޭގައި ސިނަމާލެ ބްރިޖާއި ފްލެޓްތައް އިމާރާތް ކުރުމާއި ބައެއް ރަށްރަށުގައި މަގު ހެދުން ފަދަ ޕްރޮޖެކްޓްތައް ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *