މާލޭގެ މަގުތަކުން ޕާކިން ސްލޮޓް ކުއްޔަން ދޫކުރުން ހުއްޓާލަން ސިޓީ ކައުންސިލަށް މިނިސްޓްރީން އަންގައިފި

މާލޭގެ މަގުތަކުން ޕާކިން ސްލޮޓް ކުއްޔަން ދޫކުރުން ހުއްޓާލަން ސިޓީ ކައުންސިލަށް މިނިސްޓްރީން އަންގައިފި

މާލޭގެ މަގު ތަކުން ޕާކިން ސްލޮޓްތައް ދޫނުކުރުމަށް މާލެ ސިޓީ ކައުންސިލަށް ޓްރާސްޕޯޓް މިނިސްޓްރީން މިއަދު އަންގައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެގޮތަށް އެންގީ މާލޭގެ މަގު ތަކުގައި ޢާންމު ބޭނުމަށް އޮންނަ ޖާގަ ކުޑަވެ، މަގުތައް ބޭނުން ކުރުމުގައި ދަތިވެފައިވާތީ އާއި، އެކި ފަރާތް ތަކުން ޒަރޫރީ ބޭނުން ތަކަށް އުޅަނދުތަކުގައި މާލޭގެ ތަންތަނަށް ގޮސް، ވަގުތީ ގޮތުން ޕާކު ކުރާނެ ޖާގައެއް ނުލިބުމުގެ ދަތިކަން ޙައްލު ކުރުމަށް މަގުފަހި ކުރުމަށާއި، އެންމެހައި ރައްޔިތުންނަށް ހަމަހަ ގޮތުގައި މަގު ތަކުގައިވާ ޢާންމު ޖާގަތަށް ބޭނުން ހިފޭގޮތަށް ކަންކަން ފަހި ކުރުމަށް މިހާރު ފަށާފައިވާ މުހިންމު މަސައްކަތް ތަކުގެ ތެރެއިން އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

މިއަދުން ފެށިގެން، މާލޭ ސިޓީ ކައުންސިލުން، މާލޭގެ އެއްވެސް ސަރަހައްދަކުން ޕާކިން ސްލޮޓް ކުއްޔަށް ނުވަތަ އެނޫންވެސް ގޮތަކަށް ދިނުން ހުއްޓާލުމަށް އެ ކައުންސިލަށް އަންގާފައިވާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

އަދި މާލޭ ސިޓީ ކައުންސިލުން މި ތާރީޚާއި ހަމަޔަށް ކުއްޔަށް ދޫކޮށްފައިވާ ސްލޮޓް ތަކުގެ މުއްދަތު ހަމަވުމުން، އެ ޖާގަތައްވެސް، އެފަދައިން ނުވަތަ އެ ނޫން ގޮތަކަށް ދޫކުނުކުރުމަށްވެސް ވަނީ އަންގާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *