ބޮކްސާ ތެރެއަށް ލައިގެން ޑްރަގް އެތެރެކުރި މީހާގެ ބަންދަށް 30 ދުވަސް އިތުރުކޮށްފި

ބޮކްސާ ތެރެއަށް ލައިގެން ޑްރަގް އެތެރެކުރި މީހާގެ ބަންދަށް 30 ދުވަސް އިތުރުކޮށްފި

ބޮކްސާ ތެރެއަށްލައިގެން މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މީހާގެ ބަންދަށް 30 ދުވަސް އިތުރު ކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ސ. ހިތަދޫ/ ސަމަންދަރު، އަހުމަދު އަހުސަން، (35އ) .އެވެ.

އޭނާ ހައްޔަރުކުރީ މިމަހުގެ 16 ވަނަ ދުވަހު މެލޭޝިއާ އެއާލައިންސްގެ ފްލައިޓަކުން ރާއްޖެއައިތަނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

މީނާގެ ބަންދަށް ކުރިމިނަލް ކޯޓުން ފުރަތަމަ އަމުރުކުރީ ފަސް ދުވަހުގެ މުއްދަަށެވެ

ނަމަވެސް އެ ބަންދުގެ މުއްދަތު ހަމަވާތީ އަލުން މުއްދަތު އިތުރު ކުރުމަށް އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އިތުރު 30 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

ކޯޓުން އޭނާގެ ބަންދު ޖެހީ ހައްޔަރާއި ބަންދު ލޮގުގައި މަސްތުވާތަކެތީގެ ގިނަ މައްސަލަތަކުގައި ބަންދުކޮށްފައިވާތީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި އަމަލީ ބައިވެރިވާ ފަރާތްތަކެއް ކަމަށް ބެލެވޭތީއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *