ސްރީލަންކާގެ އާ ރައީސް ޑިސަނަޔަކަ މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ސްރީލަންކާގެ ރައީސް ކަމުގެ ހުވާ، ޑިސަނަޔަކަ ކުރައްވައިފި

ސްރީލަންކާގެ ރައީސް ކަމުގެ ހުވާ، ޑިސަނަޔަކަ ކުރައްވައިފި

އަވައްޓެރި ސްރީލަންކާގެ ރައީސް ކަމަށް އިންތިޚާބުވެފައިވާ އަނުރަ ކުމާރަ ޑިސާނައިކަ، ރައީސް ކަމުގެ ހުވާ މިއަދު ކުރައްވައިފިއެވެ.

ރައީސް ކަމުގެ ހުވާ ކުރެއްވީ މިއަދު ހެނދުނު ސްރީލަންކާގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައެވެ. ރައީސް ކަމުގެ ހުވާ ކުރެއްވީ، އެ ގައުމުގެ އުއްތަމަ ފަނޑިޔާރު ޖަޔަންތާ ޖަޔަސޫރިޔާގެ ހާޒިރުގައި ކޮލަމްބޯގައި ހުންނަ ރިޔާސީ ސެކްރެޓޭރިއަޓްގައެވެ.

ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ހުރިހާ ލީޑަރުންގެ މައްޗަށް ކާމިޔާބު ހޯއްދަވައި، ސްރީލަންކާގެ ރައީސް ކަމަށް ޑިސަނަޔަކަ އިންތިޚާބު ވެގެން ދިޔައީ ލިބިވަޑައިގެންނެވި ކުއްލި މަޝްހޫރު ކަމާއެކުގައެވެ. ނުފޫޒުގަދަ ސިޔާސީ ލީޑަރުންގެ މައްޗަށް ޑިސަނަޔަކަ ކުރި ހޯއްދެވީ ޚިޔާނާތާއި، ފަގީރުންނާއި މުއްސަނދިންގެ ތަފާތު ކުރުންތައް ނައްތާލުމާއި ބެހޭގޮތުން ފަހަކަށް އައިސް އޭނާ ދެއްވި ވަރުގަދަ ތަގުރީރު ތަކުގެ ސަބަބުން ކަމުގައި ވެއެވެ.

މި އިންތިޚާބުގައި ޑިސަނަޔަކަ ކުރި ހޯއްދެވީ ސްރީލަންކާގައި ޒަމާންތަކެއް ވަންދެން ސިޔާސީ ބާރުގަދަ އާއިލާ ތަކުން ވަޑައިގެންނެވި ތަޖުރިބާކާރު ލީޑަރުން ބަލި ކުރައްވާފައެވެ. އޭގެތެރޭގައި ރަނިލް ވިކްރަމަސިންގ އާއި ޕްރަމަދާސަ އަދި ސަޖިތުގެ އިތުރުން ނަމާލް ރާޖަޕަކްސަވެސް ހިމެނެއެވެ.
ސްރީލަންކާގެ ރައީސް ކަމަށް ޑިސާނައިކަ އިންތިޚާބުވީ ވޯޓުލީ މީހުންގެ 42.31 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *