އދ.ގައި ރާއްޖެ 59 އަހަރު- މުހިންމު ކަންކަމުގައި ރާއްޖެ ވަނީ ލީޑާރޝިޕް ދައްކާފައި: ޝާހިދު

އދ.ގައި ރާއްޖެ 59 އަހަރު- މުހިންމު ކަންކަމުގައި ރާއްޖެ ވަނީ ލީޑާރޝިޕް ދައްކާފައި: ޝާހިދު

ޔުނައިޓެޑް ނޭޝަންސް (ޔޫއެން) ނުވަތަ އދ. ގައި ކުރިއަށް ގެންދިޔަ މުހިންމު ކަންކަމުގައި ރާއްޖެއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައި ކަމަށް އދ. އާންމު މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖެއިން އދ. ގައި ބައިވެރިވިތާ 59 އަހަރުވުމާއި ގުޅިގެން އެކަމުގެ މުނާސަބަތުގައި އެކްސްގައި ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އދ. އަކީ އެންމެ މުހިންމު ބައިނަލްއަގުވާމީ ޖަމިއްޔާ ކަމަށެވެ. އދ.ގެ މެމްބަރު ގައުމެއްގެ ގޮތުގައި ރާއްޖެވިތާ 59 އަހަރު ފުރުނީ އިއްްޔެއެވެ.
"ރާއްޖެއިން ވަނީ އދ.ގައި ލީޑާޝިޕް ދައްކައި އދ.ގައި ކުރިއަށްދިޔަ ދުނިޔޭގެ މުހިންމު ކަންކަމުގައި ބައިވެރިވެފައި" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އދ.އަށް 60 އަހަރު ފުރެންދާއިރު އދ.ގެ އެހީތެރިކަމާއިއ އެ ޖަމިއްޔާގެ ހަމަތަކާއި އުސޫލުތަކުގެ މަތިން ރާއްޖެ ކުރިއަށް ދިޔުން މުހިންމު ކަމަށެވެ.
އދ.ގެ ލީޑަރޝިޕް ރާއްޖެއިން އަދާކޮށްފައިވާއިރު، އދ.ގެ ރައީސްކަން ކުރެއްވި ފުރަތަމަ ދިވެއްސަކީ ޝާހިދެވެ. އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމަށް ޝާހިދު އިންތިޚާބު ވެވަޑައިގެންފައި ވަނީ 2021 ޖޫން 7 ގަ އެވެ. މިއީ އެއް އަހަރު ދުވަހުގެ މަގާމެކެވެ. ޝާހިދުގެ ދައުރު އދ.ގައި ހަމަވީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެއީ ރާއްޖެއިން އދ.ގެ އެންމެ މަތީ މަގާމު ހޯދައި، ދުނިޔޭގެ ރިޔާސަތު ބެލެހެއްޓެވި ފުރަތަމަ ފަހަރެވެ.
އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ޝާހިދު ވަނީ ކޮވިޑް-19ގެ ވެކްސިން ދުނިޔޭގެ ހުރިހާ ހިސާބުތަކެއްގައި ދިިރިއުޅޭ މީހުންނަށް ފޯރުކޮށްދިނުމަށް މުހިންމު މަސައްކަތެއް ކުރައްވާފައެވެ.
މީގެ އިތުރުން ވަނީ ތަރައްގީގެ ގޮތުން ފަހަތުގައިވާ ގައުމު ތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރުމުގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށްދާ އިންސާނީ އެހީގެ ޕްރޮގްރާމްތައް ފުޅާ ކުރެއްވީއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *