ލަންކާގެ ރިޔާސީ އިންތިޚާބާއި ގުޅިގެން ދިވެހިން ސަމާލުވާން އެދިއްޖެ

ލަންކާގެ ރިޔާސީ އިންތިޚާބާއި ގުޅިގެން ދިވެހިން ސަމާލުވާން އެދިއްޖެ

މިއަންނަ ހަފުތާ ބަންދުގެ ހޮނިހިރު ދުވަހު ސްރީ ލަންކާގައި ބާއްވާ އެ ގައުމުގެ ރިޔާސީ އިންތިޚާބާއި ގުޅިގެން، އެ ގައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވާން ލަންކާގެ، ވެރިރަށް ކޮލަމްބޯގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން އެދިއްޖެއެވެ.

ހައި ކޮމިޝަނުން ދިވެހިންނަށް ފޮނުވަމުންދާ މެސެޖެއްގައި ވަނީ ލަންކާގެ ރިޔާސީ އިންތިޚާބާއި ގުޅިގެން، އެ ގައުމުގެ ސަލާމަތީ ފިޔަވަޅުތައް އިތުރު ކޮށްފައިވާ ކަމަށާއި ދިވެހިންވެސް އެކަމަށް ސަމާލުވާން އިލްތިމާސް ކުރާ ކަމަށެވެ.

އެގޮތުން ބޭރަށް ނުކުމެ އުޅޭއިރު، ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންގުޅުމަށާއި ގިނަ މީހުން ޖަމާވާ ތަންތަނާއި ވޯޓުލާ މަރުކަޒުތައް ކައިރިއަށް ވީހާވެސް ބޮޑަށް ނުދިޔުމަށާއި ދަންވަރުގެ ގަޑިތަކުގައި ބޭރަށް ނުކުމެ ނޫޅުމަށްވެސް އިލްތިމާސްކުރާ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.

ލަންކާގެ ފުލުހުން ނުވަތަ ސަލާމަތީ ޚިދުމަތްތަކުގެ އިރުޝާދު ތަކަށް ކިޔަމަން ވުމަށާއި ޒަރޫރީ ތަކެތި ދުރާލާ ހޯދުމަށް ހައި ކޮމިޝަނުން ވަނީ އެދިފައެވެ. އަދި ވަނީ ކުރިޔަށް އޮތް ހަފުތާ ބަންދު ދުވަސް ތަކަށް ވިސްނައި، ވިސާއާއި ގުޅުން ހުރި ކަންކަން ހަމަޖެއްސުމަށްވެސް އެދިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *