ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު ހައްޔަރު ކޮށްފި

ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު ހައްޔަރު ކޮށްފި

ވައިގެ މަގުން ރާއްޖެ މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން މީޑިޔާ ތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ މައްސަލައިގައި މި މަހުގެ 16 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރު ކޮށްފައި ވަނީ ސ. ހިތަދޫ/ ސަމަންދަރު، އަހުމަދު އަހުސަން، 35އ. ކަމަށެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހަށް ބަންދު ކުރަން އަމުރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

މޯލްޑިވްސް ކަސްޓަމްސް އިން ބުނި ގޮތުގައި އޭނާ ރާއްޖެ އައީ މެލޭޝިޔާ އެއާލައިންސްގެ ފްލައިޓަކުން ކަމަށާއި އޭނާގެ އަތުން 578 ގްރާމް މަސްތުވާތަކެތި ފެނުނު ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 48 ގްރާމް ހެރޮއިން އާއި 215 ގްރާމް ސިންތެޓިކް ކެތިނޯން އަދި 315 ގްރާމްގެ މެތް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *