ޑިމޮކްރަސީ ދުވަސް ފާހަގަ ކުރާއިރު ރާއްޖެއިން ފެންނަނީ ޑިމޮކްރަސީއާ ދުރަށްދާތަން: ޝާހިދު

ޑިމޮކްރަސީ ދުވަސް ފާހަގަ ކުރާއިރު ރާއްޖެއިން ފެންނަނީ ޑިމޮކްރަސީއާ ދުރަށްދާތަން: ޝާހިދު

ބައިނަލްއަގުވާމީ ޑިމޮކްރަސީގެ ދުވަސް މިއަދު ފާހަގަ ކުރާއިރު ރާއްޖެއިން ފެންނަނީ ޑިމޮކްރަސީގެ ހަމަތަކާއި ދުރަށްދާ މަންޒަރު ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ޝާހިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑިމޮކްރަސީގެ ހަމަތަކާއި ރާއްޖެއިން ދުރަށް ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

ޝާހިދު ވިދާޅުވީ ރާއްޖެއަކީ ޑިމޮކްރެޓިކް ގައުމަކަށް ހެދުމަށް ހޯދި ކާމިޔާބީތަކާއި ދުރަށް ނުދިޔުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެގޮތުން ޚިޔާލުފާޅު ކުރުމާއި، އެއްވެއުޅުމުގެ މިނިވަންކަމާއި، އިންސާނީ ހައްގުތަކާއި ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަށް މަސައްކަތްކުރަން ޖެހޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޑިމޮކްރަސީއާ ދުރަށް ރާއްޖެ ދަތުރުކުރަމުންދާ ކަމަށް ވިދާޅުވެ ޝާހިދު ވަނީ އޮންލައިން ނޫސް އަދަދުގައި ދާދިފަހުން ޝާއިއުކުރި "ބައިލައްކަ" ޑޮކިއުމެންޓްރީގެ މައްސަލަ ރައީސް އޮފީހުން މޯލްޑިވްސް މީޑިޔާ ކައުންސިލަށް ހުށަހެޅުމަކީވެސް ޑިމޮކްރަސީއާ ބީރައްޓެހި އަދި މިނިވަން ނޫސްވެރިކަމަށް ސަރުކާރުން ހުރަސްއެޅުން ކަމަށް ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *